ތުޅާދޫން ހަތަރު މީހުން ހައްޔަރުކޮށްފި

368349840-658814039646124-6568734342840333754-n.jpg

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބ. ތުޅާދޫއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެރަށުގައި ހަމަނުޖެހުން ހިންގުމަށް ރޭވި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރައީސް ސޯލިހް މިއަދު ތުޅާދޫއަށް ކުރައްވާ ކެމްޕޭން ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ ހަރަކާތްތަކެއް ހިންގާ އާންމު މަސްލަހަތު ގެއްލޭ ފަދަ ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއަދު ތުޅާދޫގައި ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތަކަށް ސަރުކާރުން ހުރަސް އެޅުމުގެ ގޮތުން ފުލުހުން ފޮނުވާ، ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅާ، ތަކެއްޗަށް އެކިވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ. އަދި ރައީސް ތުޅާދުއަށް ވަޑައިގަންނަވާތީ ރައްޔިތުންނަށް އަނިޔާކޮށް އަދި ބައެއް ބައިވެރިން ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެރަށުގައި މިހާރުވެސް އިދިކޮޅު ފަރާތްތަކުން ދަނީ “ޗޯރޭ ގެއަށް“ ގޮވާ އަޑުގަދަ ކުރަމުންނެވެ.

ރައީސް ސޯލިހް ތުޅާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު 5:00 ހާއިރު އެވެ.

ރައީސްގެ މިދަތުރުފުޅުގައި މިސަރުކާރުން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މަޝްރޫއާއި ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަކުރާނެ އެވެ.

އެމްޑީޕީގެ ޖަލްސާ އެއްވެސް މިރޭ ތުޅާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށް އެ ޕާޓީން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top