ބޮލުން އިސްތަށިފައިބަނީ ކީއްވެ؟ ހައްލަކީ ކޮބާ؟

hairloss-featured2-ChrisCraymer.jpg

ސިޓިންގރޫމްގެ ތަޅުންގަނޑުގައެވެ. ބާލީހުގައެވެ. ފާޚާނާތެރޭގައެވެ.  މިނޫނަސް ގޭތެރޭގެ އެންމެ އެތެރޭގައި ހުންނަ ތަންތަނުގައިވެސް މެއެވެ. މީގެ އިތުރުން ބައެއްފަހަރު މޫނު ގައިވެސް މެއެވެ. ކޯއްޗެއްކަން އެނގޭ ހެއްޔެވެ؟ ބޮލުން ފައިބާފައި ހުންނަ އިސްތައްޓެވެ. މިއީ އުމުރުގެ ކޮންމެވެސް އެއް ހިސާބެއްގައި ޚާއްސަކޮށް އަންހެނުންނަށް ދިމާވާ ހައްލުކުރަން އުނދަގޫ ކަމަކަށް ވެފައިވާ ބޮޑުކަމެކެވެ.

ބޮލުން އިސްތަށި ފައިބަން ދިމާވާ އަސްލު މައްސަލަ އަކީ ބޮލުގެ ސިއްހީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ. އެހެންވީމާ މިވާ ގޮތެއް ބަލާލަމާ ހިނގާށެވެ.

އިސްތަށި ފައިބަނީ ކީއްވެ ؟

ނިއުޓްރިޝަން އާބެހޭ ތަޖްރިބާ ކާރުން ބުނަނީ އިސްތަށި ފައިބާ އެންމެ މައިގަނޑު ސަބަބަކީ ކެއުމުގައި ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި އަޔަން އަދި ޕްރޮޓީން މަދުވުމެވެ. ދެން އޮތް މައްސަލައަކީ ސްޓްރެސްއާއި ހޯމޯންސް އިންބެލެންސް ވުމެވެ.  މާބަނޑުވުމުންވެސް ބައެއް އަންހެނުންނަށް ބޮލުން އިސްތަށި ފޭބުމަކީ ދިމާވާ ކަމެކެވެ. އަދި ބޮލަށް ދެވޭ ކެމިކަލް ޓްރީޓް މަންޓް، މިސާލަކަށް ބޮލުގައި ކުލަޖެއްސުން ފަދަކަންކަމަކީވެސް އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބެކެވެ.

ހައްލު : ތަޖްރިބާކާރުން ބުނަނީ ކެއުމުގައި ޕްރޮޓީން ހުންނަ ކާނާ ބޭނުންކުރުމާއި ، ވިޓަމިން ބީ12 ،ޑީ 3 އަދި އަޔަން ހުންނަ އެއްޗެތި ބޭނުންކުރަން ފެށުމަށްފަހު ޗެކަޕެއް ހެދުމަށެވެ. ނަތީޖާ ދައްކާގޮތުން މިމާއްދާތައް ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ މަދުވާނަމަ އަނެއްކާވެސް މިދެންނެވި މާއްދާތައް ބޭނުންކުރުން އިތުރުކުރާށެވެ. ނުވަތަ މިމާއްދާތައް ލިބެން ހުންނަ ސަޕްލިމެންޓެއް ނަގާށެވެ.  މީގެ އިތުރުން ހޯމޯން އިންބެލެންސްނަމަ ޓެސްޓެއް ހަދާށެވެ.

ކެއުމުގައި ބޭނުންކުރަންވީ ކޯއްޗެއް؟ : އިސްތަށި އުފެދި ވަރުގަދަ ކުރުމަށް ، ކުރިން ދެންނެވުނު މާއްދާ ތަކުގެ ތެރޭގައި ހިމެނޭ ކުކުޅު މަސް، ތަރުކާރީ، ވޯލްނަޓާއި އަލްމަންޑް އަދި ކުކުޅުބިސް ކާން ޖެހެއެވެ.

ބަޓަރމިލްކް އާއި ކާޑް އަދި ގްރީންޓީއާއި އޮމެގާ 3 އަކީވެސް އިސްތަށިގަނޑުވަރުގަދަކުރުމަށާއި އިސްތަށި ފޭބުން ހުއްޓުވުމަށް ބޭނުންކުރަން ޖެހޭ ކާނާ އެވެ.

ސަމާލުކަން ދޭންޖެހޭ އެންމެ ބޮޑުކަމަކީ ހަކުރު އަދި ކާބޯހައިޑްރޭޓްސް މަދުން ބޭނުންކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top