ދީޕިކާ ޕަޑުކޯން އާ ރަންވީރުސިންގ އުޅެނީ ރައްޓެހިވެގެންކަން އެންމެންވެސް ދަނެއެވެ. އެމީހުން އެކަން ރަސްމީގޮތުން އިއުލާން ކުރިކަމުގައިނުވިޔަސް ނުވަތަ ދެމީހުންގެ ގުޅުން ތަރައްގީވެފައިވާ ހިސާބަށް ބެލިކަމުގައި ވިޔަސް އެކަކު އަނެކަކުދެކެ މޮޔަވާވަރަށް ލޯބިވާކަން އެދެމީހުން ދައްކާފައިވާ ވާހަކަ ތަކުންނާ އުޅޭ ގޮތުން އެއީ ޝައްކެއްއޮތް ކަމަކަށް ނުވެއެވެ.
އެކަމަކު އެންމެ ފަހުން ދީޕިކާ ފިލްމީ މެގަޒިން އަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އެމީހުން ބްރޭކްއަޕް ވެއްޖެކަމުގައެވެ. އެއިންޓަވިއުގައި ޕިކޫގެ އެކްޓްރެސް ބުނެފައިވަނީ މިކަމާބެހޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތްކަމުގައެވެ. އެކަމަކު އޭނާ ބުނީ ރަންވީރްއަކީ އަބަދުވެސް އޭނާއަށް ވަރަށް މުހިއްމު މީހެއްކަމާއި އެކަން ބަދަލު ނުވާނެކަމުގައެވެ.
ދީޕިކާއާއި ރަންވީރު ވަނީ އެކުގައި ދެފިލްމް ކުޅެފައެވެ. އެއީ ރާމްލީލާ އާއި ބާޖިއޯ މަސްތާނީއެވެ. ރިޕޯޓްތައް ބުނާގޮތުން ރިޔަލް ލައިފްގައި ދެމީހުންގެ ގުޅުން ކެނޑިފައި ވިޔަސް ރީލް ލައިފްގައި އަދިވެސް ދެމީހުން އޮތީ ކުރިއަށް ދާގޮތަށެވެ. އެގޮތުން ވަރަށް އަވަހަށް ޕަދްމަވަތީ ކިޔާ ފިލްމެއްގައި ދެމީހުން އެކުގައި މަސައްކަތް ކުރާނެއެވެ.