ގޮއިދޫން ދަނޑުވެރިންނަށް 11 ހެކްޓަރުގެ ބިން. ރޯދައަށް ތައްޔާރު

goidhoo.jpg

ބ. ގޮއިދޫ. ދަނޑުވެރިކަމަށް 11 ހެކްޓަރަށްވުރެ ބޮޑު ބިމެއްް ދޫކޮށްފައިވާކަމަށް ގޮއިދޫ ކައުންސިލުން ބުނޭ / ފޮޓޯ: ފައިލް

ގޮއިދޫން އަހްމަދު ރިޔާޒު

ބ. އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންކުރާ މީހުން ދިރިއުޅޭ ރަށްކަމުގައިވާ ގޮއިދޫއިން މިހާތަނަށް 11 ހެކްޓަރަށްވުރެ ބޮޑު ބިމެއް ދަނޑުވެރިންނަށް ދޫކޮށްފިއެވެ.

މިއަހަރުގެ ރަމަޟާންމަހަށް ގޮއިދޫގެ ދަނޑުވެރިން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އީވީ ޓީމުން ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރާ ބައްދަލުކޮށްލުމުން އޭނާ ވިދާޅުވީ ގޮއިދޫގެ ދަނޑުވެރިންގެ ތައްޔާރީތައް ފެށުނުތާ ކިތަންމެ ދުވަހެއްކަމަށާ، ދަނޑުވެރިންނަށް އެދޭ މިންވަރަށް ދަނޑު ދޫކުރަމުންދާކަމަށެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހުވެސް މުޅިއަތޮޅަށް ބޭނުންވާވަރަށްވުރެ ގިނައިން މޭވާއާ، ތަރުކާރީގެ ބާވަތްތައް ދަނޑުތަކުން ނެރޭނެކަމަށާ، ހާއްސަގޮތެއްގައި ކަރާ މާކެޓަށް ނެރެވޭވަރު އިތުރުވާނެކަމަށެވެ.

“މިހާރުވެސް އެއޮތީ 80 އަށްވުރެ ގިނަ ދަނޑު ދޫކުރެވިފައި. ޖުމްލަ 11 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އެއީ. ރޯދައަށް ތައްޔާރުވަމުންދާތާ ދުވަސްގަނޑެއްވެއްޖެ. މިއަހަރުވެސް ރޯދަމަހު ފެށިގެން ނިޔަލަށް މެދުނުކެނޑޭގޮތަށް ކަރާ، ކިއުކަންބާ، ބަޓާނާ، ކޮޕީފަތް، ލެޓިއުސް އަދިވެސް އެތައް ވައްތަރެއް ނުކުންނާނެ. ވިޔަސްވާނީ މިދިޔައަހަރަށްވުރެ ބޮޑުތަން އިތުރު” އާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަނޑުވެރިކަން އެރަށުގައި މިއަހަރު އިތުރަށް ފުޅާވަމުންދާނެކަމަށާ، އިތުރު ދަނޑުތަކަށް އާންމުން އެދެމުންދާކަމަށެވެ. އަދި ރަށަށް ލިބޭ އާމްދަނީ ދެގުނަ އިތުރުވެފައިވާކަމަށްވެސް އާމިރު ވިދާޅުވިއެވެ. ނަމަވެސް އަތޮޅުގެ ރިސޯޓްތަކަށް މާކެޓް ނުލިބޭ މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ.

“ވަރަށް ބޮޑު އެއްޗެއް ލިބުނީސް ރިސޯޓްތަކުން އޯޑަރު ލިބޭގޮތްވާނަމަ. އަދި ދަނޑުވެރިކަންވެސް ފުޅާވީސް މިހާރަށްވުރެ.”

800އެއްހާ މީހުންގެ އާބާދިއެއް އޮންނަ ގޮއިދުއަކީ ޒަމާނުންސުރެވެސް ބ. އަތޮޅުގައި ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. އަދި ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެރަށުގެ ދަނޑުތައް ތިޔާގިވާކަން ފާހަގަކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top