އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އަދި ދުނިޔޭގެ ނިސްބަތުންވެސް އެންމެމޮޅު އެއްފުޓްބޯޅަކުޅުންތެރިޔާ ލިއޮނަލް މެސީ 4.5 މިލިއަންޑޮލަރުގެ އެހީއެއް ، އެހީއަށްބޭނުންވާ ކުޑަކުދިންނަށް ދިނުމަށް ޔުނިސެފާ ހަވާލުކޮށްފިއެވެ.
މެސީގެމިއެހީ ޔުނިސެފާ ހަވާލުކޮށްފައިވަނީ އާޖެންޓީނާގައި އޮތް”އަ ސަން ފޯ ދަ ކިޑްސް “ގެ ނަމުގައި ބޭއްވިހަފްލާއެއްގައި ބައިވެރިވުމަށްފަހުއެވެ.
މެސީ މިދުވަސްކޮޅު އުޅެނީ އޭނާގެ ކްލަބް ބާސެލޯނާއާއެކު ސީޒަންފެށުމަށް ތައްޔާރުވުމުގައެވެ. މިސީޒަނުގައި ބާސެލޯނާ ފުރަތަމަ ކުޅުމަށްހަމަޖެހިފައިވަނީ ސްޕެނިޝް ސުޕަރކަޕްގައި ބިލްބޯއާދެކޮޅަށް ކުޅޭ މެޗެވެ. މިމެޗް އޮންނާނީ މިމަހުގެ 23ގައެވެ.
ބާސެލޯނާގައި މެސީ ދައްކާ މޮޅުކުޅުން މެސީގެ އަމިއްލަގައުމުގެ ގައުމީޓީމްގައިކުޅޭއިރު ނުދެއްކޭކަމަށްބުނެ އެގައުމުގެ ގިނަރައްޔިތުންގެ ފާޑުކިއުންތައްވެސް މެސީއަށް އަމާޒުވަމުންދެއެވ