އަމީނިއްޔާސްކޫލް ސީދާ ތިންސެޓުން ބަލިކުރުމަށްފަހު ގޮއިދޫސްކޫލް މައިލޯ އިންޓަރހައުސް ވޮލީމުބާރާތުގެ 16 އަހަރުންދަށުގެ އަންހެންޑިވިޝަންގެ ޗެމްޕިއަންކަންވެސްް ހޯދައިފިއެވެ.
އިއްޔެހަވީރު ކުޅެވުނު 14އަހަރުންދަށުގެ ފިރިހެންޑިވިޝަންގެ ފައިނަލްމެޗްގައި އިމާދުއްދީންސްކޫލާ ބައްދަލުކޮށް ތިންސެޓުން މޮޅުވެގެން ފިރިހެންޑިވިޝަންގެ މިގްރޫޕްގެ ޗެމްޕިއަންކަންވެސް ގޮއިދޫސްކޫލްވަނީ ހޯދާފައެވެ.
އޭގެކުރިން ކުޅެވުނު މިގްރޫޕްގެ އަންހެންޑިވިޝަންގެ ޗެމްޕިއަންގެ މަގާމުވެސް ގޮއިދޫސްކޫލް ހޯދީ ފަސޭހަކަމާއެކު އިމާދުއްދީންސްކޫލް ތިންސެޓުން ބަލިކޮށްގެންނެވެ.
އެހެންކަމުން ގޮއިދޫސްކޫލް ހިމެނެނީ މިމުބާރާތުގެ ތިންގެޓަގަރީވެސް ކާމިޔާބުކުރި ހަމައެކަނި ސްކޫލްގެ ގޮތުގައެވެ. މި ރެކޯޑާއެކު މިއީ ރާއްޖޭގެ އެއްވެސް ސްކޫލަކުން ހޯދާފައިނުވާ ކާމިޔާބެއްކަމުގައި ފާހަގަކުރެވެއެވެ.
މިދިޔަ އަހަރު މިމުބާރާތުގެ 14އަހަރުން ދަށުގެ ފިރިހެން ޑިވިޝާންއާއި 16 އަހަރުންދަށުގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ކަލާފާނުސްކޫލެވެ.