ގްރޫޕް1ގެ 1ވަނަ ޓީމްގެ ގޮތުގައި ޗެލެންޖާސް އެފް ސީ. ސެމީއަށް

(ގޮއިދޫން އިބްރާހީމް ނިޔާޒް )  ބ.ގޮއިދޫގައި ކުރިއަށް ދާ “ޕެލަސިއޯ ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019” ގައި މިއަދު ހަވީރު ގޮއިދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ޗެލެންޖާސް އެފްސީއާއި ވޮލްވްސް އެފްސީ ގެ މެޗު 1-2 އިން ޗެލެންޖާސް ކާމިޔާބު ކުރުމުން ގްރޫޕް 1 ގެ 1ވަނަ ޓީމުގެ ގޮތުގައި އެޓީމު ސެމީއަށް ދަތުރު ކޮށްފިއެވެ.

މި މެޗުގައި ޗެލެންޖާސް އިން ލަނޑު ޖަހާފައިވަނީ މުހައްމަދު ރިހާނާއި އިސްމާއީލް ޝިޔާދެވެ. ވޮލްވްސްގެ ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ނާފިޒެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ޗެލެންޖާސްގެ އިބްރާހީމް އަސްވަދަށެވެ.

ހަވީރު 5:00ގައި ކުޅެވުނު މި މުބާރާތުގެ ހަވަނަ މެޗުގައި ފުޅަދޫ ސްޕޯޓްސް ކްލަބާއި ވާދަ ކުރުމަށް ނުމުތީ ކަންދަހާރު އެފްސީއެވެ. މިމެޗު 3-8އިން ކާމިޔާބު ކުރީ ކަންދަހާރު އެފްސީއެވެ. މި ނަތީޖާ އާއެކު ކަންދަހާރު އެފްސީވެސް ވަނީ އެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފަ އެވެ.

މިމެޗުގައި ކަންދަހާރު ގެ ފުރަތަމަ ލަނޑަކީ ފުޅަދޫ އެފްސީގެ އަލީ ނިޝާމް އަތުން ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ. އިތުރު ގޯލްތައް ކަންދަހާރަށް ޖަހައިދިން ކުޅުންތެރިންނަކީ ޝަމްވީލް ގާސިމް 5ގޯލް، އާދަމް ނިޒާމް (ކިތުނާ ) 1 ގޯލް އަދި ޝަމްއޫން ޖަމީލް 1 ގޯލެވެ. ފުޅަދޫ އެފްސީން ލަނޑު ޖަހާފައިވަނީ އިބްރާހީމް ރިފާޒް 2ގޯލް އަދި ޝާހު އިސްމާއީލް 1 ގޯލެވެ.

މި މެޗުގެ މޮޅުން ތެރިޔާ އަށް ހޮވިފައިވަނީ ކަންދަހާރަށް ފަސް ގޯލް ކާމިޔާބު ކޮށްދިން ޝަމްވީލް ގާސިމެވެ.

 

ސެމީ ފައިނަލްގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޗެލެންޖާސް އެފްސީއާއި ފުޅަދޫ އެފްސީ އެވެ.

ދެވަނަ މެޗުގައި ކަންދަހާރު އެފްސީއާއި ވާދަ ކުރުމަށް ނުކުންނާނީ ވޮލްވްސް ސްޕޯޓްސް ކްލަބެވެ.

“ޕެލަސިއޯ ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2019″ ގެ މެއިން ސްޕޮންސަރަކީ ޕެލަސިއޯއެވެ.

ކޯ ސްޕޮންސަރުންނަކީ އެމްޕީ ހިސާން، އަހުމަދު އަފްރާހު، ޕިރަމިޑް، ހޮސްބާގް ބިސްޓްރޯ ރެސްޓޯރަންޓް، އޮލިވް ގޮއިދޫ ގެސްޓް ހައުސް، އޯލްޑް ކޮފީ ހައުސް ގޮއިދޫ، ،ތްރީ ހާޓްސް ގެސްޓް ހައުސް ފުޅަދޫ ،ޓްރޮޕިކަލް ވިލެޖް ފެހެންދޫ ، ވައިޓް ލެގޫން ފެހެންދޫ އަދި ހަމަސް އެވެ.

ބެވަރޭޖް ޕާޓްނަރުންނަކީ ކެފޭ ޑި ބީޗް ، ޖޮރޭ ކެފޭ ، އަދި ލެންޓީޒް ގާޑްން އެވެ. މީޑިއާ ޕާޓްނަރަކީ ”އޭދަފުށި ވޮއިސް” އެވެ. އަދި ޓްރެވަލް ޕާޓްނަރަކީ އެޓޯލް ކިއުޓް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top