އެކްޓިވިޓީ ޔުނީފޯމް ނުލިބިގެން ތައުލީމީ މަރުކަޒު ބެލެނިވެރިން ރަތަށް!

12804797_1326222560737624_1001234858373302810_n.jpg

ދިރާސީ އަހަރުފެށެން ތިން ދުވަހަށް ވީއިރުވެސް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެކްޓިވިޓީ ޔުނީފޯމް ގަންނަން ނުލިބޭތީ، އެސްކޫލްގެ ބައެއް ބެލެނިވެރިން ކަންބޮޑުވެއްޖެއެވެ.

ތައުލީމީ މަރުކަޒުގެ ބެލެނިވެރިއަކު އީވީއަށް ބުނީ އެކްޓިވިޓީ ޔުނީފޯމް ހޯދުމަށް މަސައްކަތް ކުރާތާ ދެމަހަށްވުރެ ގިނަދުވަސް ވެއްޖެކަމަށާ، ސްކޫލުން ބުނަނީ އެތަކެތި ސަޕްލައިކުރުމަށް ބަޔަކާ ކޮންޓްރެކްޓް ހަދާފައިވާކަމަށެވެ.

“ބަޔަކާ ކޮންޓްރެކްޓް ހެދިޔަސް ނުހެދިޔަސް އަހަރުމެންނަށް ކޮންކަމެއް. އަހަރުމެންނަށް އެކްޓިވިޓީ ޔުނީފޯމް ލިބުންތާ ބޭނުމަކީ، އަނެއްކާ ސްކޫލް ފެށެން މިއޮތީ ދެދުވަހަށް ވެފަ. ޒިންމާވާނީ ކާކު” އޭނާ ޝަކުވާތައް އޮއްސާލިއެވެ.

ބައެއް ބެލެނިވެރިން ބުނީ އާ ޔުނީފޯމް ލިބޭނެކަމަށް ފާއިތުވި އަހަރު ބޭނުންކުރި އެކްޓިވިޓީ ޔުނީފޯމްތައް އުކާލާފައިވާކަމަށާ، މިހެން މިކަން ވާނެކަން ކުރިން ނޭނގޭކަމަށެވެ.

މިކަމާ ގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފިޝަލަކާ ވާހަކަ ދައްކާލުމުން ވިދާޅުވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެކްޓިވިޓީ ޔުނީފޯމް އަބަދުވެސް ގަންނަން ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް މިއަހަރު ޔުނީފޯމް ގަންނަން ނުލިބިގެން ބެލެނިވެރިންގެ ޝަކުވާ އެމަރުކަޒަށް ލިބެމުންދާކަން އޭނާވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޔުނީފޯމް ނުލިބޭ މައްސަލަ ސްކޫލް މެނޭޖްމަންޓަށް ހުށައަޅާފައިވާކަމަށާ، އެކަމާމެދު މަޝްވަރާކޮށް ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށެވެ.

ދިރާސީ އަހަރު ފެށުމާ ދިމާކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮންމެ އަހަރަކުވެސް ކިޔެވުމަށް ބޭނުންވާ ބައެއް ސާމާނު ލިބުން ލަސްވާމައްސަލަ ދިމާވެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top