ތައުލީމީ ބޭފުޅުން ސަރުކާރުން ގެއްލިގެން ދިއުމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް: ސަލީމް

mhqniszd9mzmhpsoz2c3ojeksvac9caphgern3rx-1.jpeg

އެމްޕީ ސަލީމް، މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ތައުލީމީ ބޭފުޅުން ސަރުކާރުގެ ތެރެއިން ގެއްލިގެން ދިއުމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމް/ޕީއެންސީގެ މެންބަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް މަސައްކަތް ކޮށްދެއްވުމަށް ހަދާފައިވާ ކޮންޓްރެކްޓް ބާތިލް ކުރުމަށް މިއަދު އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ތައުލީމީ ބޭފުޅުން ސަރުކާރުގެ ތެރެއިން ގެއްލިގެން ދިއުމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި ކާއެއްޗެތީގެ ރައްކާތެރިކަމާ ބެހޭ ގޮތުން އިލްމު ހާސިލްކޮށްގެން ހުންނެވި ބޭފުޅަކަށް ވަޒީފާގައި ހުރުމާ ދެކޮޅަށް ވަކާލާތު ކުރުމަކީ ގައުމާ ދެކޮޅަށް ކުރެވޭ ކަމެއް ކަމަށެވެ.

ސަމީލް ވަނީ ސާޖިދާއަކީ އެ ދާއިރާއިން ތައުލީމް ހާސިލްކޮށް ތަޖުރިބާ ހުރި ކަނބަލެއްކަން ފާހަގަކޮށް އެ ވަޒީފާގައި ސާޖިދާ ހުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖިދާ ބޭނުންވެވަޑައިގަންނަވާތީ އެ ފުރުސަތު ދިނުމުގެ ގޮތުން ސީއެސްސީން ހާއްސަ އުސޫލެއް ހަމަޖައްސައިދޭ ކަމަށް ބުނެ، އެ ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވެސް ހާޒިރުކޮށްފައިވެއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގެންވާ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲއެވެ.

ޔައުގޫބް ވިދާޅުވީ މި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި މެޑަމް ސާޖިދާއަށް މަސައްކަތް ކުރުމުގެ ހުއްދަ އެ ކޮމިޝަނުން ދީފައިވަނީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުގޫބް ވަނީ މެޑަމް ސާޖިދާއާއިއެކު ސީއެސްސީން ވެފައިވާ އެއްބަސްވުން ބާތިލް ކުރުމަށް އެ ކުއްލި މައްސަލައިގައި ގޮވާލާފައެވެ. މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ 21 މެންބަރުންގެ ވޯޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top