މިލަންދޫ އަތްދަށުވެ، ސެމީގެ ފުރުސަތު އޭދަފުއްޓަށް ހަނިވެއްޖެ

19894566_1808456119171209_4721575108475301988_n.png

މިލަންދޫއާއި އޭދަފުށި މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން. މިމެޗް 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މިލަންދޫ / ފޮޓޯ: ކޭއޯ

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ކުޅުދުއްފުށީ ޒޯނުގައި މިއަދު ކުޅުނު މެޗުން ޗެންޕިއަން އޭދަފުށި ބޮޑު ތަފާތަކުން ބަލިކޮށް މިލަންދޫ އިން ސެމީފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.

މިލަންދޫ މެޗް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިއީ ފަހުގެ ތާރީހެއްގައި އޭދަފުށި މިހާބޮޑު ތަފާތަކުން ބަލިވި ފުރަތަމަ މެޗެވެ. މިނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލަށް ދިއުމަށް އޭދަފުށި ކުރަމުން އައި އުއްމީދުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ.

މިއަދުގެ މެޗް ފަށައިގެން ފުރަތަމަ ހާފްގައި ލީޑްނެގީވެސް މިލަންދޫ ޓީމެވެ. ނަމަވެސް މާގިނަ ވަގުތަކު މިލަންދޫއަށް ލީޑުގައި ހިފަހައްޓައެއް ނުލެވުނެވެ. 12 ވަނަ މިނެޓްގައި އޭދަފުށީގެ ފޯވާޑް ފާއްޓޭ ޖެހި ގޯލާއެކު އޭދަފުށި ހަމަޖެހިލިއެވެ. މިލަންދޫއިން މެޗްގެ ނަތީޖާ ތަފާތުކޮށްލީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނެޓްގައާއި، އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ފެނިގެންދިޔައީ މިލަންދޫ ގެ ނުރައްކާތެރި ހަމަލާތަކެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި މިލަންދޫ ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހާފައެވެ. ފަހުހާފުގައި އޭދަފުށީ ޓީމުން ފެނުނީ އާދައިގެ ކުޅުމެކެވެ. އަދި ޑިފެންސް ފެނުނީ ބަލިކޮށެވެ.

މިނަތީޖާއާއެކު 3 ޕޮއިންޓް ލިބިގެން މިގްރޫޕްގެ ޕޮއިންޓް ޓެބަލްގެ ދެވަނައަށް މިލަންދޫ ވަނީ އަރާފައެވެ. ހަތަރު ޕޮއިންޓާއެކު އެއްވަނާގައި އޮތީ ފުރަތަމަ މެޗުން މިލަންދޫ ބަލިކޮށް ކުޅުދުއްފުއްޓާ އެއްވަރުކުރި މާޅޮހު ޓީމެވެ. ކުޅުދުއްފުށި ތިންވަނާގައި އޮތީ ކުޅުނު 2 މެޗުން 2 ޕޮއިންޓް ލިބިގެންނެވެ. ޓޭބަލްގެ ފުލުގައި އޭދަފުށި އޮތީ 1 ޕޮއިންޓާއެކުއެވެ.

ޕޮއިންޓް ޓޭބަލަށް ބަލާއިރު މުބަރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ކޮށްމެޓީމަކަށްވެސް އަދި އެބައޮތެވެ. އެންމެ ހަނިފުރުސަތެއް އޮތް އޭދަފުށި ބުދަދުވަހު މާޅޮހާ ދެކޮޅަށް ނުކުންނައިރު ސެމީގެ ޖާގައެއް ލިބެން އޮތީ 3 ލަނޑުގެ ތަފާތުން މާޅޮސް ބަލިކޮށްގެންނެވެ. މިލަންދޫއާ، ކުޅުދުއްފުށި ބުރާސްފަތި ދުވަހު ކުޅޭ މެޗް ޑްރޯކޮށްލައިގެން މިލަންދޫ ސެމީއަށް ދިއުމުގެ ފުރުސަތު އޮތްނަމަވެސް ކުޅުދުއްފުށި ސެމީއަށް ދާނީ މިލަންދޫ ބަލިކޮށްގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top