ހިސާން އާ ވާދަކުރެއްވުމަށް އަތީފް ތުޅާދޫ ދާއިރާއަށް

atheef-1.jpg

ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގައި މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ރައީސް ނަޝީދުގެ ލީގަލް ސެކްރެޓަރީ ހިސާން ހުސައިން ތުޅާދޫ ދާއިރާ އަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނިކޮށް ހިސާން އާ ވާދަކުރެއްވުމަށް ތުޅާދޫއަށް އުފަން މުހައްމަދު އަތީފް ނިންމަވައިފިއެވެ.

އަތީފުގެ ފޭސްބުކްޕޭޖް މެދުވެރިކޮށް މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ތުޅާދޫ ދާއިރާގައި ހިމެނޭ ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެން ބޭނުންވާ ކަމަށާއި މިކަން ކުރުމަށްޓަކައި ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރުކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ.

އަތީފުއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ނުވަ އަހަރު ދުވަހު ޚިދުމަތްކުރެއްވުމުގެ އިތުރުން ޕޮލިސް މީޑިޔާ އޮފިޝަލްގެ މަޤާމްވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން އޮންލައިން ނިއުސް، “ވަގުތު” ގެ ޗީފް އޮޕަރޭޓިން އޮފިސަރ މަޤާމްވެސް އޭނާވަނީ އަދާކުރައްވާފައެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގައި އަތީފުވަނީ ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީންގެ ކެންޕެއިން ގެ އިސްސަފުގައި ހަރަކާތްތެރިވެ ޕިޕީއެމްގެ ހަރަކާތްތަކުންވެސް ފެނިގެން ގޮސްފައެވެ.

އެހެންނަމަވެސް އަތީފު ވާދަކުރައްވަނީ އަމިއްލަ ގޮތުން ކަމެއް ނުވަތަ ކޮން ޕާޓީއެއްގައި ކަމެއް އޭނާ އަދި ހާމަ ކުރައްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ކަމަށް އިލެކްޝަން ކޮމިޝަންއިން ނިންމާފައިވަނީ އަންނަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު