އާދިލު، މަގާމުން އިސްތިއުފާ ދެއްވައިފި

big_NKhIIkdNdgyOgYl.jpg

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އޭދަފުށީ ފެންއާރު އާދިލު މޫސާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް  ފަހު އޭދަފުށީ ވޮއިސް އަށް އާދިލު ވިދާޅުވީ މިހިސާބުން ސިޔާސީ ހަޔާތް މުޅިން ނިމުނީ ކަމުގައެވެ.

“ގަބޫލު ކުރަނީ އެމް އޭސީއެލްގެ ތަފާތު ދާއިރާތަކުގައި އަޅުގަނޑަށް އަހަރު ތަކެއް ވަންދެން ޚިދުމަތްތަކެއް ކޮށްދެވިއްޖެކަމަށް. އަދި އަޅުގަނޑުގެ ދާއިރާގައި އަޅުގަނޑާ އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންނާއި އެންމެ ދުރުގައި މަސައްކަތް ކުރެއްވި ބޭފުޅުން ވެސް އަޅުގަނޑުގެ ގައުމީ ޚިދުމަތް ބަލައިގަންނާނެ ކަމަށް އުއްމީދު ކުރަން . ” އާދިލު ވިދާޅުވިއެވެ.

1992 ވަނަ އަހަރު އެމްއޭސީއެލް އާއި ގުޅިވަޑައިގަތް އާދިލު ވަނީ އެތަނުގެ ތަފާތު މަގާމު ތަކެއްގައި މަސައްކަތް ކުރައްވާފައެވެ. އޭނާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ އެކުންފުނީގެ ހެޑް އޮފް އިންވެސްޓްމެންޓް ފައިނޭންސްގެ މަގާމު އަދާކުރައްވަމުން ދަނިކޮށް 2015 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ.

އާދިލް އަކީ އެމްއޭސީއެލް އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގައި މީގެ ކުރިން ދުވަހަކު ވެސް ހިންގާފައި ނުވާ ފަދަ ބޮޑު އަދި ބިޔަ އެތައް މަޝްރޫޢުއެއް ހިންގުމުގެ އެއް މޭސްތިރިއާ އެވެ. އޭނާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ވެލާނާ އެއާޕޯޓްގައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ފްލައިޓް ޖެއްސޭ ފެންވަރުގެ ރަންވޭ އެއް އަޅާފައެވެ. އަދި މިހާރު ކުރިއަށް ދަނީ  ތެޔޮ ރައްކާ ކުރާނެ ވަސީލަތްތަކާއި ކާގޯ ޓާމިނަލަކާއި ފަސެންޖަރ ޓާމިނަލަކާއި ވީއައިޕީ ޓާމިނަލަކާއި ސީޕްލޭން ޓާމިނަލެއް މުޅިން އަލަށް އެޅުމުގެ މަސައްކަތެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top