އޭދަފުއްޓަށް އަނެއްކާވެސް ”ފަތް ބޮނޑިއެއް” ލައްގައިފި

ޕޮޕ.jpg

އޭދަފުއްޓަށް ލައްގާފައިވާ 'ފަތްބޮނޑި'--އިވީ ފޮޓޯ

ގޮތްނޭނގޭ ބާވަތެއްގެ ފަތް ބޮނޑިއެއް އޭދަފުއްޓަށް އަނެއްކާވެސް ލައްގައިފިއެވެ. މިއަދު ހެނދުނު މި ފަތް ބޮނޑި ލައްގާފައިވަނީ އޭދަފުށީގެ ހުޅަނގު އުތުރުފަރާތަށެވެ.

މަންޒަރު ދުށްމީހުން ބުނާ ގޮތުގައި މިއަދު ލައްގާފައިވާ ފަތް ބޮނޑިއާއި މިދިޔަ ޑިސެމްބަރު މަހު އޭދަފުށީ ފަޅު ތެރެއިން ފެނުނު ފަތް ބޮނޑިއަކީ އެއްކަހަލަ ގޮތަކަށް ކަޅު ކޮތަޅެއްގައި ވަރަށް ރީތިކޮށް ވަރަށް ރައްކާތެރިކަމާއެކު ބަންދު ކޮށްފައިވާ ފަތް ބޮނޑިއެކެވެ.

ބަރުދަނުގައި ތިރީހަކަށް ކިލޯ ހުންނަ ވަރުގެ މި ފަތްބޮނޑި މިހާރުވަނީ އެދަފުށީ ޕޮލިސްސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެހެން ބައެއް ރަށްރަށަށްވެސް މި ބާވަތުގެ ފަތްބޮނޑިތައް ލައްގަމުން ދާ ދުވަސް ވަރެއްކަން ފާހަގަ ކުރެވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top