މޯލްޑިވިއަން އައިޑޮލް 2ގެ އޮޑިޝަން އޭދަފުށީގައިވެސް ބާއްވާނެ: ޕީއެސްއެމް

top16_r.jpg

މޯލްޑިވިއަން އައިޑޮލް 1 ގެ ޓޮޕް16

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް )ގެ ފަރާތުން  ރާއްޖޭގައި ފްރެންޗައިސް އުސޫލުން ބޭއްވި އެންމެ ކާމިޔާބު ޝޯކަމުގައިވާ މޯލްޑިވިއަން އައިޑޮލް 1ގެ ކާމިޔާބަށް ފަހު މޯލްޑިވިއަން އައިޑޮލް 2 ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު އައިޑޮލް2 ގެ އޮޑިޝަން ތައް ބޭއްވުމަށް ހަމަޖައްސާފައިވާ ހަ ސަރަހައްދުގެ ތެރޭގައި އޭދަފުށި ހިމަނައިފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލް 2 ރަސްމީކޮށް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައެވެ.  އޭދަފުށީގެ އިތުރުން އޮޑިޝަން ތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، މާލެ ސިޓީ، ލ.ގަން އަދި ހދ.ކުޅުދުއްފުށީގައެވ.ެ

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގައި ޖަޖުންގެ ގޮތުގައި ފެނިގެން ދާނެ ކަމަށް ޕީއެސްއެމް އިން ބުނެފައިވަނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ތިން މޫސީގާރުން ކަމުގައިވާ މަރިޔަމް އުނޫޝާ (ކިޑީ)އާއި އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)ގެ އިތުރުން އިސްމާޢިލް އައްފާނެވެ. އުނޫޝާ އާއި ކުޑަ އިއްބެއަކީ މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގައިވެސް ޖަޖުންގެ ގޮތުގައި ބައިވެރިވެފައިވާ ދެ ފަންނާނުންނެވެ.

ސީޒަން 2 ގެ ފިރިހެން ޕްރެޒެންޓަރަކަށް ހަމަޖައްސާފައިވަނީ ސީޒަން އެކެއްވެސް ހުށަހަޅައިދެއްވި މޫސާ ވަސީމްގެ އިތުރުން ދިވެހި މިއުޒިކްގެ ދުނިޔޭގައިވިދަމުން އަންނަ ޒުވާން ލަވަކިއުންތެރިޔާ އައިމިނަތު ލަމްހާ ލަތީފެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެފަނޑިޔާރުންނާއި ޝޯ ހުށަހަޅައިދޭ ފަރާތްތައް ހޮވާފައިވަނީ ޕީ.އެސް.އެމުން ހުޅުވާލައިގެން ކުރިއަށްގެންދިޔަ އޮޑިޝަންތަކަކަށްފަހު، ފްރެމެންޓަލް މީޑިއާގެ ފަރާތުންނެވެ.

ސީޒަން 2 ގައި ބައިވެރިވުމަށް ތައްޔާރުވެފައި ތިބި ޒުވާނުންނަށް، އޮޑިޝަންތަކުގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޕީ.އެސް.އެމުން އަދިވެސް ވަނީ ހުޅުވާލާފައެވެ. 16 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް ވެސް ބައިވެރި ވެވޭގޮތަށް އޮތް މި ޝޯވގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން MI ޖެއްސެވުމަށްފަހު، ހުސްތަންކޮޅެއް ދޫކުރައްވާފައި، ފުރިހަމަ ނަން، ޢުމުރު، އައި.ޑީ ކާޑު ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެއްސެވުމަށްފަހު 300 އެސް.އެމް.އެސް ކުރަމުން ގެންދެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top