އިންފްލޭޝަން މަތިވިޔަސް ރައްޔިތުންނަށް ބުުރައަކަށް ނުވާނެ: ރައީސް

large_167223103429d6s3.jpg

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވާހަކަދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ޓެކްސް ބޮޑުކުރުމުން އިންފްލޭޝަން މައްޗަށް ދިޔަ ނަމަވެސް އެކަން ރައްޔިތުންނަށް އެހައި ބޮޑު ބުރައަކަށް ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހަމަސް ދުވަސް ފަހުން، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިންފްލޭޝަން މައްޗަށް ދާނެ ކަމަށާއި، ނަމަވެސް އެއީ ރައްޔިތުންނަށް ނުދެއްކޭވަރުގެ އެއްޗަކަށް ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރު ޓެކްސް ބޮޑުވުމާއި ގުޅިގެން ތަކެތީގެ އަގު އުފުލުމާއި އެކްސްޗޭންޖް ރޭޓަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. އަދި އިތުރުވާ ޓެކުހާ އެކުގައި، އިންފްލޭޝަން، %5 މައްޗަށް ހިނގައިދާނެ ކަމަށެވެ.

ޓެކްސްއަށް ގެނެސްފައިވާ ބަދަލުތަކާއި އެކު ރާއްޖޭގައި ތަކެތީގެ އަގުތައް އުފުލި އާއްމުންނަށް އޭގެ ބުރަ އުފުލަންޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދާއިރު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވިދާޅުވީ ޖީއެސްޓީ ބޮޑުކުރުމުން އިންފްލޭޝަނަށް އަސަރުކުރާނެ ކަމަށެވެ.

އެގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ %3ގައި ކަމަށާއި، އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނެ ކަމަށް ލަފާކުރެވެނީ %5.4ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top