އޭދަފުށި، ކުއާޓާ ފައިިނަލުން ޖާގަ ހޯދައިފި

b_8Fzk8HJ2DWbRettpTceaHxeFe.jpeg

އިޝާން އަލީ (ސައްޓު) --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، އިމޭޖަސް އެމްވީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް ބުރުގެ ކުއާޓާ ފައިނަލް ފަހު ޖާގަ އޭދަފުށި ހޯދައިފި އެވެ. އޭދަފުށީގެ އިތުރުން ކުއާޓަ ފައިނަލް އަށް ގޮސްފައިވަނީ ، ގދ. ވާދުއާއި މާލޭގެ މާފަންނު އަދި ދ. ކުޑަހުވަދޫއެވެ.

ކުއާޓާގެ ފަހު ޖާގަ އޭދަފުށިން ހޯދީ ރޭ ފުވައްމުލައް ދަނޑިމަގާ ވާދަކޮށްގެން ކުޅުނު މެޗުގައި، ދަނޑިމަގު 2-0 އިން ބަލިކޮށްފައެވެ. ދަނޑިމަގުގެ އިސްމާއީލް އަލީފް އަހުމަދު އަތުން ބައިކޮޅަށް ދެ ގޯލުވެސް ވަން މެޗުގައި އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އާއި ގޯލްކީޕަރު އަބްދުﷲ ނާސިހު (ރާޖު)ގެ ފަރާތުން، މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވެއެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ “ވަން އޮންލައިން” އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top