ބްރެޒިލް އާއި ސްޕެއިންގެ ކޯޗަކާ އެކު އޭދަފުށީގައި ފުޓްބޯލް އެކަޑަމީއެއް

14937292_1588801194479758_3359528017070223497_n.jpg

އޭދަފުށީ ކުޑަކުދިންތަކެއް ސްކޫލް ފުޓްބޯޅަ މުބާރާތެއްގައި ކުޅެނީ. އޭދަފުށީގައި ފުޓްބޯޅަ އެކަޑަމީއެއް ހެދުމަށް ދަނީ މަސައްކަތް ކުރަމުން / ފޮޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީއިން އޭދަފުށީގައި ފުޓްބޯޅަ އެކަޑަމީއެއް ހެދުމަށް ތައްޔާރުވާން ފަށައިފިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ފުޓްބޯޅަ އެކަޑަމީތައް ހަދައި ހިންގަމުން އަންނަ ދަ ގްރާންޓް އެކަޑަމީން އޭދަފުށީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް އެކަޑަމީ ހުޅުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީގެ އިސްއޮފިޝަލަކު އީވީއަށް ބުނީ އޭދަފުށީގައި އެކަޑަމީ ހުޅުވަން ވިސްނާފައިވަނީ އަންނަ ހަފްތާތެރޭގައި ކަމަށެވެ.

މިއެކަޑަމީގެ ކަންކަމުގައި މިވަގުތު އޭދަފުށީން ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އޭދަފުށީ ފުޓްބޯޅަ ޓީމްގެ ވައިސްކެޕްޓަން މުހައްމަދު ފާސިރު (ފާއްޓޭ) އީވީއަށް މައުލޫމާތުދެމުން ބުނީ އެކަޑަމީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ ހަފްތާތެރޭގައި ހުޅުވާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. އޭނާ ބުނީ ކައުންސިލާ އެކު މިކަމާބެހޭ އިދާރީ ހުއްދަތަކާއި، އެހެނިހެން ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ފާއްޓޭ ބުނީ މިއީ އޭދަފުށީގެ ފުޓްބޯޅައިގެ ފެންވަރު އެހެން ލެވެލްއަކަށް ގެންދިއުމަށް އެޅޭ ވަރަށް މުހިއްމު ބިންގަލެއްކަމަށާ، މި ޕްރޮޤްރާމް ކާމިޔާބުކުރެވިއްޖެނަމަ ކައިރި މުސްތަގްބަލެއްގައި އޭދަފުށީގައި ތަފާތު މޮޅު ކުޅުންތެރިންތަކެއް އުފެދުމުގެ ފުރުސަތު ބޮޑުކަމަށެވެ.

“މިޕްރޮޤްރާމް ތެރޭގައި ކުރިޔަށް ގެންދާނީ ޔޫތު ޑިވެލޮޕްމަންޓްގެ ބައިތަކެއް. މީގެ ނަތީޖާ އަޅުގަނޑަށް އަންދާޒާ ކުރަންވެސް ނޭނގޭ. ކާމިޔާބު ވެއްޖެނަމަ ތަފާތު މޮޅު ކުޅުންތެރިންތަކެއް ފެންނާނެ” އޭދަފުށީގައި ބޭއްވޭ ބައެއް ފުޓްބޯޅަ މުބާރާތްތައް ރާވާ ހިންގުމުގެ އިތުރުން ޔޫތު ޓީމްތަކަށް ޓްރޭނިންގް ދިނުމުގައި އިސްދައުރެއް އަދާކުރާ ފާއްޓޭ ބުންޏެވެ.

އޭނާ ބުނީ މިއެކަޑަމީގައި ކިޔަވައިދޭނީ ސްޕެއިންއާއި، ބްރެޒިލްގެ ފެންވަރު ރަނގަޅު ކޯޗުންކަމަށާ، މިކަމުގެ ސަބަބުންވެސް މިއެކަޑަމީގެ ފެންވަރު ރަނގަޅުވާނޭކަން ދޭހަވާ ކަމަށެވެ.

އެކަޑަމީ ގައި ރަޖިސްޓްރީ ވުމާ ބެހޭގޮތުން 9661111، 7901016 އަށް ގުޅުއްވުމަށް ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީއިން އެދިލައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top