ވިހި އަހަރަށްފަހު ކެންދޫ ”މަގާމް ފުޅު” މަރާމާތު ކުރަނީ

gjjk.jpg

ކެންދޫ މަގާމްފުޅު. ތާރީހީ މިބިނާ ވީރާނާވާން ދޫކޮށްލާފައި ވަނިކޮށް އަނެއްކާވެސް އެރަށު ކައުންސިލުން ވަނީ ތަނުގެ އާބާތުރަ ފިލުވައި، މިތަން ބަލަހައްޓަން ފަށަން ނިންމާފައި / ފޮޓޯ: އޭދަފުށި ވޮއިސް

ބ. އަތޮޅުގައި ހުރި އެންމެ ގިނަދުވަސްވީ އާސާރީ ބިނާތަކުގެ ތެރެއިން ގިނަބަޔަކު ޝައުޤުވެރިވާ ބ. ކެންދޫ “މަޤާމްފުޅު” ވީރާނާވަމުން ދަނިކޮށް އެރަށު ކައުންސިލުން އެތަން އަލުން ބަލަހައްޓަން ފަށައިފިއެވެ.

ޒަމާނުއްސުރެ ކެންދޫގެ ގިނަބަޔަކު ވަރަށް އިހްތިރާމާއެކު ބަލަހައްޓަމުން އައި މި މަގާމްފުޅު ބެލެހެއްޓުން ކައުންސިލުން ހުއްޓާލީ 1996 ނުވަތަ 1997 ވަނަ އަހަރު ކަމަށް ކެންދޫ ކައުންސިލްއިން ބުނެއެވެ.

ކެންދޫ ކައުންސިލްގެ މެންބަރު އިބްރާހީމް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ ވީރާނާ ވަމުންދިޔަ މަގާމްފުޅަކީ އެރަށުގެ އަދި ރާއްޖޭގެވެސް ތާރީހީ ބިނާއެއް ކަމަށާ، މަގާމްފުޅު އާބާތުރަ ފިލުވައި ބެލެހެއްޓުމަށް ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެތަނުގެ އެތެރޭގައި ދަތުރުވެރިންނަށް ނަމާދުކުރެވޭގޮތަށް މިހާރު ތައްޔާރުކޮށްފައިވާކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މިއީ މުޅި ރާއްޖެއަށް ބެލިކަމުގައިވިޔަސް ވަރަށް އާސާރީ ބިނާއެއްކަމަށް. ފާއިތުވި ވިއްސަކަށް އަހަރުން ފެށިގެން އަޅާނުލެވިހުރުމުން މިތަން ވަރަށް ބޮޑަށް ހަލާކުވެ ވިރާނާވެފައި މިހުރީ. މިހާރު އަޅުގަނޑުމެން މިދަނީ އަލުން މިތަން މަރާމާތުކޮށް، ތަނުގެ ބޭނުން ކުރެވޭނޭ ގޮތްތަކެއް ހަދަމުން. ކުރިން ދަތުރުވެރިން ނަމާދުކުރެވެން ހުރި ތަނެއް ވީމާ، އެއިންތިޒާމް އަނެއްކާވެސް ހަމަޖައްސާފަ އެހުރީ މިދިޔަމަހު” އިބްރާހީމް ވިދާޅުވިއެވެ.

ކެންދޫ މަގާމްފުޅު. ތާރީހީ މިބިނާ ވީރާނާވާން ދޫކޮށްލާފައި ވަނިކޮށް އަނެއްކާވެސް އެރަށު ކައުންސިލުން ވަނީ ތަނުގެ އާބާތުރަ ފިލުވައި، މިތަން ބަލަހައްޓަން ފަށަން ނިންމާފައި / ފޮޓޯ: އޭދަފުށި ވޮއިސް

އިބްރާހީމް ވިދާޅުވީ މަގާމްފުޅުގެ އަސްލު ނުގެއްލޭގޮތަށް މަރާމާތު ކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަމަށާ، މަރާމާތު ކުރުމަށްޓަކައި ހެޔޮއެދޭ ފަރާތްތަކުން ފަންޑު ހޯދުމަށް ވަރަށް އަވަހަށް ކައުންސިލުން މަޝްވަރާތައް ފަށާނެކަމަށެވެ.

ރާއްޖެ އިސްލާމްކުރެއްވި އަބުލް ބަރަކާތުލް ބަރުބަރީގެ ފައިންޕުޅު ބީއްސެވި ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކެންދޫ މަގާމްފުޅު އެސަރަހައްދުގައި އިމާރާތްކޮށް ބިނާއެއް ހަދާފައިވާކަމަށް ތާރީޚީ ލިޔުންތަކުން ބުނަނީ މީލާދީން 1153ވަނައަހަރުއެވެ.

އިހު ޒަމާނުގައި މި މަގާމްފުޅާމެދު މީހުންނަށް ބޮޑަށް ގަބޫލު ކުރެވިފައި އޮތީ ނަދުރު ފުއްދައިދޭ ތަނެއްގެ ގޮތުުގައެވެ. އެހެންކަމުން މިތަން މެދުވެރިކޮށް ނަދުރު ބުނުން ފަދަ ޝަރީއަތާއި ޚިލާފު ކަންކަން ކުރަމުން ގެންދިޔަކަމަށް ތާރީޚީ އިލްމުވެރިން ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top