ދެކުދިންގެ ފުރާނަ ސަލާމަތްކޮށްދިން މާޅޮހުގެ ޒުވާނާއަށް އެންމެންގެ ތައުރީފް

48359004_2234033613320749_7683768983002021888_n-755x435.jpg

މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތް ދެކުދިން ސަލާމަތް ކޮށްގެން ގެނައި ވަގުތު ރަށުގެ މީހުން އަތިރިމައްޗަށް ޖަމާވެފައި

ބ.މާޅޮހުގައި މޫދަށް އެރި އުޅެނިކޮށް 250 ފޫޓު ބޭރަށް ދަމައިގަތް ފަސް އަހަރުގެ ފިރިހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖާ ސަލާމަތް ކޮށްދިން މާޅޮހު ޒުވާނާއަށް ގިނަ ބައެއްގެ ތައުރީފުގެ ބަސްތައްތައުރިފު ރައްދުވާން ފަށައިފިއެވެ. މީސް މީޑިޢާގައި މިވާހަކައިގެ އަޑު ގަދަވެފައިވާ އިރު ބައެއް މީހުން ސުވާލު ކުރަމުން ދަނީ މިކަމުގެ އަގު ވަޒަން ކުރަނީ ކާކު ކޮން އިރަކުންތޯ އަހަމުންނެވެ.

މާޅޮހު އުތުރު ފަރާތު މޫދުގައި އުޅެނިކޮށް، އޮޔާ ބޭރަށް އެ ދެ ކުދިންނާ އެކު، އިތުރު ކުދިންތަކެއް ވެސް މޫދަ އެރި އުޅުނެވެ. ހަވީރު ފަހެއް ޖަހަނިކޮށް ހިނގި ހާދިސާގައި ދެ ކުދިންނަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މާޅޮހު ކައުންސިލްގެ މެމްބަރަކު ބައެއް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުދިން މޫދަށް އެރި އުޅުނު ސަރަހައްދަކީ އާންމު ގޮތެއްގައި އޮއި ބާރު ސަރަހައްދެއް ކަމަށެވެ.

ދެކުދިން އޮޔާއި ދަމައިގަތް ވަގުތު އެމަންޒަރު ފެނުނު ޒުވާނާ ވަނީ ވަރަށް ބުރަ މަސައްކަތުން ފަތާފައި ދެކުދިންގެ ކައިރިއަށް ގޮސްފައެވެ.

“ޒުވާނާ އަށް ދެ ކުދިންނާ ހަމައަށް ދެވެން ދެން، ހަގު ކުއްޖާ ގެނބުނަ ނުދީ ފެންމަތީގައި ގެންގުޅުނީ ދޮށީ ކުއްޖާ. ފަހުން ޒުވާނާ ގޮސް، އެ ކުދިން ހިފަހައްޓައިގެން ތިބީ، ނަސީބަކުން ދެ ކުދިން ކުރެ އެއްވެސް ކުއްޖެއްގެ ލޮނު ބޮވި، ގެނބުން ފަދަ ކަމެއް ދިމައެއް ނުވޭ،”  އޭނާ ވިދާޅުވި އެވެ.

ދެކުދިން ސަލާމަތް ކުރީ ފަހުން އެސަރަހައްދަށް ޑިންގިއެއްގައި ބަޔަކު ގޮސް ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top