ދޮންފަނު ބަލިކޮށް ގްރޫޕްގެ އެއްވަނައިގާ އޭދަފުށި

47501170_2184180925203240_1639727958522331136_o.jpg

އޭދަފުއްޓާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން

ދޮންފަނު އިންވިޓޭޝަން ކަޕްގައި އިއްޔެ ދޮންފަނާ ވާދަކޮށް ފަހަތުން އަރައި 2-1 އިން އޭދަފުށި މޮޅު ވުމުން ގްރޫޕްގެ އެއްވަނައަށް އޭދަފުށި ހިނގައްޖެއެވެ.

އޭދަފުށި އެއްވަނަ އަށް ހޮވުނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެ، ހޯދި 9 ޕޮއިންޓާ އެކު އެވެ. އިއްޔެގެ މެޗުގައި އޭދަފުށީ ޓީމް މޮޅު ކޮށްދިނުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ހަމްދާން އަބްދުއްސައްތާރު އާއި އުނައިސް ޒުބައިރުގެ  ދެ ގޯލާ އެކު އެ ދެ ކުޅުންތެރިންނެވެ.

މިމެޗަށް ދެޓީމް ނުކުތްއިރުވެސް ދެ ޓީމުވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާފައިވަނީ ދޮންފަނު ޓިމްގެ މުހައްމަދު ނަބީލުއެވެ. އެކަމަކު ދެ ވަނަ ހާފުގައި އޭދަފުށިން ވަނީ ދެލަނޑު ޖަހައި ދޮންފަނުގެ މައްޗަށް ކުރި ހޯދާފައެވެ.

މޮޅުކުޅުން ތެރިޔާގެ މަގާމް އޭދަފުއްޓަށް ގެއްލުނު މި މެޗުގައި އެމަގާމް ހޯދާފައިވަނީ ދޮންފަނު ޓީމުގެ އަބްދުލް ހަމީދު މުހައްމަދު އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ މާޅޮހާއި ކަމަދޫ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top