ނޫސްވެރިކަމުގެ ރަންގަލަން އިސްމާާއީލް ނަސީރަށް

viber-image.jpg

“މިހާރު”ގެ މެނޭޖިން އެޑިޓަރު އަދި “ދޯ” މަޖައްލާގެ އެޑިޓަރު ބ.އޭދަފުށީ މަތިހާ އިސްމާއީލް ނަސީރު، ނޫސްވެރިކަމުގެ ރަން ގަލަން ހާސިލް ކުރައްވައިފި އެވެ. 

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި އިސްމާލަށް ނޫސްވެރިކަމުގެ ރަން ގަލަން ދެއްވީ ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ އެވެ.

އިސްމާލަށް ރަން ގަލަން ލިބިވަޑައިގެންނެވިއިރު އޭނާ ވަނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ތިރީހަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައެވެ.

އޭނާ ނޫސްވެރިކަމަށް ނުކުންނެވީ މަޝްހޫރު ނޫސް އާފަތިހުގެ ލިއުންތެރިއެއްގެ ގޮތުގައެވެ. އޭރުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާ ދަނީ އެރޮގުގައި ފިސާރި ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުންނެވެ. 

ރީތި އިބާރާތްތަކުން ބުނަން ބޭނުންވާ އެއްޗެއް މީހުންނަށް ފަހުމް ކޮށްދިނުމާއި އެއްވެސް ފޮރުވުމެއްނެތި ބުނަން ބޭނުންވާ އެއްޗެއް ސީދާ ބުނެލުމުގެ ހިތްވަރު ހުރި އިސްމާލުގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ ރަން ގަަލަން ހަތް ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ. އަދި ނޫސްވެރިކަން ކުރިއަރުވައި، އެ ދާއިރާއިން ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އަލިމަސް ގަލަން 8 ބޭފުޅަކަށް ލިބިވަޑައިގަތެވެ.
މި ދެ ޝަރަފުގެ އިތުރުން ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަމުގެ ނަމުގައިވެސް، ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަށް ޚިދުމަތްތެރިއެއްގެ އަގު ވަޒަންކުރުމާއި މިދިޔަ އަހަރު އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އެވޯޑު ހާސިލުކުރި ނޫސްވެރިންނަށްވެސް އެވޯޑު ދެއްވުން ވެސް މި ޖަލްސާގައި އޮތެވެ. 
އޭދަފުށި ވޮއިސްގެ ފަރާތުން އަޚް އިސްމާއީލް ނަސީރަށް ވަރަށް ހޫނު މަރުހަބާ އަކާ ތަހުނިޔާ ރައްދު ކުރަމެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top