ކުވާ މޮހޮދޭ ނިޔާވެއްޖެ

viber_image_2024-11-06_13-24-42-412.jpg

އޭދަފުށީ ގިނަބައެއްގެ ގާތްއެކުވެރިއެއް ކަމަށްވާ މަޝްހޫރު ވިޔަފާރިޔާ، ކުވާ މުހައްމަދުމަނިކު (ކުވާ މޮހޮދޭ) ނިޔާވެއްޖެއެވެ.

އުމުރުން 75 އަހަރުގައި ކުވާ މޮހޮދޭ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހުގަ އެވެ.

ކުވާ މޮހޮދޭ އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ ބައްޕަ އެވެ. އަދި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއުގެވެސް ބައްޕަ އެވެ.

ކުވާ މޮހޮދޭ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ކުވާ މޮހޮދޭ އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިހުސާންތެރިއެއް ކަމަށެވެ. އަދި ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއް ކަމަށާއި އެއީ ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top