އެއް ލިޓަރުގެ ފެންފުޅި މަނާކުރާ ތާރީޚު އަނެއްކާވެސް ފަސްކޮށްފި

big_8iY5mUZVMM4HuDzF1eHjizYhf.jpg

އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓާއި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން މަނާކޮށްފައިވާ 14 ބާވަތުގެ ތެރޭގައި ހިމެނޭ އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރާ ތާރީޚު އަނެއްކާވެސް ފަސްކޮށްފިއެވެ.

އެގޮތަށް ނިންމަވާފައިވަނީ ރައީސް މުޢިއްޒު ރޭ ނެރުއްވި ޤަރާރަކުންނެވެެ.

ރައީސް އޮފީހުން ބުނީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެންނަވާފައި މިވަނީ ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފައާ އެކު ކަމަށެވެ. އެގޮތުން ބަދަލު ގެންނަވާފައިވަނީ، އެއް ލިޓަރާއި އެއް ލިޓަރަށްވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒު ކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށް ކަަމަށް ރައީސް އޮފީހުން ބުންޏެވެ.

މި އިސްލާހު ގެންނެވުމުގެ ކުރީން، އެއް ލިޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލިޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް އެތެރެކުރުމާއި، އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައެޅީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މި އިސްލާހާއެކު، އެ ތާރީޚު މިހާރު ވަނީ، 2027 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށް ފަސްކުރައްވާފައެވެ.

އަދި މި އިސްލާހު ގެންނެވުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާ ކުރެއްވުމަށް ނިންމަވާފައި ވަނީ، އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. އެހެންނަމަވެސް އިސްލާހާ އެކު މި ތާރީޚު ވަނީ، 2028 ވަނަ އަހަރުގެ ޖޫން އެކަކަށް ބަދަލު ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top