ކަރިޝްމާއާއި އުޕޭންވެސް ވަކިވެއްޖެ

C37_acjccss.jpg

2016 ވަނަ އަހަރު ފާހަގަކުރެވިފައިވަނީ  ބޮލީވުޑްގެ ތާރީޚްގައި އެންމެ ގިނަ ލޯބިވެރިންނާއި ދެމަފިރިންގެ ދުވަސްވީ ގުޅުން ކެނޑެމުން އަންނަ އަހަރުގެ ގޮތުގައެވެ. މި ސިލްސިލާގެ އެންމެ ފަހު ބޮޅަށް އިތުރުވެފައިވަނީ ޓީވީ އެކްޓްރެސް ކަރިޝްމާ ތަންނާ އާއި އުޕޭން ޕަޓޭލްގެ ޖޯޑެވެ.

ދެ އަހަރަށް ވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު މިހާރު އެދެމީހުން ވަކިވެފައިވާކަން ދެމީހުންވެސް މީޑިއާއަށް ވަނީ ޔަގީންކޮށްދީފައެވެ.

ކަރިޝްމާއާއި އުޕޭންގެ ލަވް ސްޓޯރީ ފަށާފައިވަނީ ބިގްބޮސް ސީޒަން 8ގައި ބިގްބޮސް ހައުސްގައެވެ.

ނަމަސްތޭ ލަންޑަންގެ އެކްޓަރ އުޕޭންވަނީ އޭނާގެ ޓްވިޓާގައި މިޚަބަރު ޔަގީން ކޮށްދީފައެވެ. އޭނާ ލިޔެފައިވަނީ އަހަންނާއި ކަރިޝްމާ އާ ދެމީހުން ވަކިވެފައިވަނީ ދެމީހުންވެސް އެއްބަސްވެގެން ކަމުގައެވެ.

މިދިޔަ އަހަރު މި ދެމީހުން ބައިވެރިވި ރިއަލިޓީ ޝޯ ، ނަޗްބަލިޔޭ ގައި ވެސް އުޕޭންވަނީ ގައުމީ ޓީވީގެ ކުރިމަތީގައި ކަރިޝްމާއަށް ހަލައްކަ ރުޕީސްގެ އަގުހުރި އަނގޮޓިއަކާއެކު ޕްރޮޕޯސްކޮށްފައެވެ. މި ދެމީހުން ވަނީ އެޝޯގައި ކޮންޓެސްޓެއްގެ ގޮތުން ބައިވެރިވެފައެވެ.

އެމްޓީވީ އިން ގެންސްދޭ ރިއަލިޓީ ޝޯ ކަމުގައިވާ “އެމްޓީވީ ލަވް ސްކޫލް” ހޯސްޓްކުރަނީވެސް މި ދެތަރިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top