ހިބަޅިދޫ ، މޮހޯގެ ހިއްސާ ކުރިން އޮތް ކުންފުންޏަށް ހަވާލު ކުރުމަށް އަމުރު ކޮށްފި

hibalidu.jpg

ހިބަޅިދޫ- ފޮޓޯ :އީވީ

ބ. ހިބަޅިދޫން ހަތިޔާރިތަކެއް ފެނުނު މައްސަލައިގެ ފަހުން ފިލައިގެން އުޅޭ މުހައްމަދު އައްލާމް ލަތީފު (މޮހޯ) ގެ ހިއްސާ އޮންނަ ބިޒްނާސް ކުންފުންޏަށް އެރަށް ހަވާލުކުރުމަށް ސިވިލްކޯޓުން މިނިސްޓރީއޮފް ޓޫރިޒަމް އަށް އަމުރު ކޮށްފިއެވެ.

ސިވިލްކޯޓުން އިއްޔެ މިގޮތަށް އަމުރު ކޮށްފައިވަނީ ބ. ހިބަޅިދޫ އިން ހަތިޔާރު ފެނުމުން އެރަށް ހިންގުމާ ހަވާލުވެ އޮތް ބިޒްނާސް މޯލްޑިވްސް ކުންފުނީގެ އަތުން ސަރުކާރުން އެރަށް އަތުލާފައިވާތީ އެ ކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

ސިވިލްކޯޓުގެ ހުކުމުގައި ބުނެފައިވަނީ ހިބަޅިދޫގެ އެއްބަސްވުން ބާތިލުކޮށް ، ސަރުކާރުން އެކުންފުންޏަށް ފޮނުވި ނޯޓިސް އަކީ ދެފަރާތުގެ މެދުގައި އޮތް އެއްބަސްވުމާ ޚިލާފަށް ފޮނުވި ނޯޓިސް އެއްކަމަށާއި އެހެންކަމުން 30 ދުވަހުގެ ތެރޭގައި އެރަށް ބިޒްނާސް ކުންފުންޏާ އަލުން ހަވާލުކުރުމަށެވެ.

ބިޒްނާސް މޯލްޑިވްސް އަތުން ހިބަޅިދޫ އަތުލާފައިވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ. ހިބަޅިދޫއިން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު އިރު ބިޒްނާސް ކުންފުނީގެ ހިއްސާދާރު މޮހޯ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް ބޭފުޅެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top