ކުނިއުކާލުމަށް ރަށު ކައުންސިލުން ދެ ޕިކަޕް ކުއްޔަށް ހިފާފައިވަނީ ކިހާ ވަރަކަށް؟

kuni.jpg

އޭދަފުށީގެ ގޭގެއިން ކުނިއުކާލުމަށް އޭދަފުށިން ކައުންސިލުން ކުއްޔަށް ހިފައިގެން ގެންގުޅޭ ޕިކަޕް ތަކަށް ދޭ ފައިސާގެ އަދަތުތަކާމެދު ކައުންސިލާ، ޕިކަޕްތަކުގެ ވެރިން ދައްކާ ވާހަކަ އޮޅި، ވާނުވާ ނޭގޭގޮތް ވެއްޖެއެވެ.

މިޕްރޮޖެކްޓްގައި ބޭނުންކުރާ ދެ ޕިކަޕަށް މަހަކު ހަރަދުކުރާ ފައިސާއާ ގުޅޭގޮތުން ކައުންސިލަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި ކައުންސިލުގެ ރައީސާ ނާޒްނީން ޔޫސުފް ސޮއިކުރައްވާ ލިއުމުން ދެއްވި ޖަވާބުގައި ވަނީ ޕިކަޕްތަކަށް މަހަކު ހަރަދު ކުރެވެނީ 67،700.00ރ (ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަރުފިޔާ) ކަމަށެވެ. ކޮންމެ ދުވަހަކުވެސް ކުނިއުކުމުގައި އާންމުކޮށް ދެ ޕިކަޕް ހަރަކާތްތެރިވާނަމަ މަހަކަށް ޕިކަޕަކަށް ޖެހޭނީ 33850.00ރ (ތެއްތިރީސްހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) އެވެ. 30 ދުވަހުގެ މަހެއްނަމަ ދުވާލަކަށް ޖެހޭނީ ޕިކަޕަކަށް 1128.33 ރުފިޔާއެވެ.

ކައުންސިލުން ބުނެފައިވަނީ މިފައިސާ ދެމުން ގެންދަނީ ކުނިއުކާލުމުގެ ފީގެ ގޮތުގައި ލިބެމުންދާ ފައިސާއިން ކަމަށެވެ. ޖަވާބު މިހެން ލިބުމާއެކު އޭދަފުށީ ވޮއިސްގެ ޓީމުން ލަފާކުރި ކުރުންތަކުން މިކަމުގައި ފޮރުވިފައިވާ ސިއްރުތަކެއް ހުރެދާނެކަމަށް ފެންނާތީ، ޕިކަޕްތަކުގެ ވެރިންނާއި މިކަމުގެ ސާފު މައުލޫމާތު ހޯދާލުމަށް ބައްދަލުކޮށްލީމެވެ.

“ތީ ހަމަ ކަނޑައެޅިގެން ދޮގެއް. އަހަންނަށް އެންމެ މަހެއް ފިޔަވައި އަނެއް ތިންމަހު ކޮންމެ މަހަކުވެސް މަހަކު ސާޅީސް ހާހަށްވުރެ ގިނައިން ލިބޭ. . ގަޑިއަކަށް ޕިކަޕް މިދުއްވަނީވެސް 200 ރުފިޔާއަށް. ސާޅީސް ހާހަށްވުރެ މަދުން ލިބިފައި އޮތީ އެއްމެމަހަކު.” ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ އެއްޕިކަޕްގެ ވެރިޔާ ނަން ނުޖެހުން އެދި އީވީއަށް މައުލޫމާތު ހިއްސާ ކުރަމުން ބުންޏެވެ.

އޭނާގެމިޖަވާބާއެކު ކުނިއުކުމުގައި ހަރަކާތްތެރިވާ އަނެއް ޕިކަޕްގެ ވެރިޔާއާއި ފޯނުން ގުޅައި މައުލޫމާތު ސާފުކޮށްލުމުން އޭނގެ ވާހަކަވެސް ހުރީހަމަ އެއްގޮތަކަށެވެ. ކައުންސިލުން ދައްކާ ވަހަކަ ދިމާނުވާކަން އަނެއްކާވެސް ހާމަވިއެވެ.

އޭނާވެސް ބުނީ “ކައުންސިލުން ހަމައެހަދަނީ ރަނގަޅު ވާހަކއެއް ނޫންކަމަށާ އޭނާއަށްވެސް މަހަކު ސާޅިސް ހާސް ރުފިޔާއަށްވުރެ ބޮޑުއަގެއް ކައުންސިލުން ދޭކަމަށެވެ.

“އެންމެމަހަކު ސާޅީސްހާސް ނުލިބުނީ. އެވެސް ޕިކަޕް ކޮންމެވެސް ކަމެއް ދިމާވެގެން މަސައްކަތަށް މަދުން ނުކުތީމަ”

ކުނި އުކާލުމުގެ މަސައްކަތް ކައުންސިލުން ދެމުންގެންދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްލުމުން އޭދަފުށީ ކައުންސިލުންބުނީ ޕިކަޕްތައް ބޭނުން ކުރަމުންދަނީ އިޢްލާން ކުރުމެއްނެތި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top