މިމަހުގެ މެދަކާ ހަމައަށް ވައިގަދަވެ ކަނޑު ގަދަވާނެ: މެޓް

IMG_20210513_100044540-800x600-800x600.jpg

އޭދަފުށި. މޫސުން ގޯސް ދުވަހެއް

މިހިނގާ މެއި މަހުގެ މެދަކާ ހަމައަށްވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ވިއްސާރަ އާންމުކޮށް ފެށޭނީ މެއި މަހުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖޭގެ ދެކުނުން ކަމަށެވެ. އެކަމަކު މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އީދު ޗުއްޓީއަށް ރަށުން ބޭރަށް ގޮސް ތިބި މީހުން ކަނޑުމަގުން އެނބުރި ރަށަށް ދަތުރުކުރާ ނަމަ، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން އެދެއެވެ.

މެޓުން ބުނީ ޔެލޯ އެލާޓު ނެރެފައިވާ ސަރަހައްދުތަކުން ދަތުރުކުރާއިރު، ވަރަށް ބޮޑަށް މެޓް އޮފީހުގެ އިރުޝާދުތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި ދަތުރުކުރާ ނަމަ ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރުކޮށް ލައިފް ޖެކެޓު ބޭނުން ކުރުމަށްވެސް އިލްތިމާސް ކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top