ކަމަދުއާއި ހިތާދުއަށް އެމްބިއުލާންސް ފޮނުވަނީ

FR-mpJsUUAAjwZ2-e1651751526593.jpg

ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ބ.ހިތާދުއާއި ކަމަދުއަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެތެރޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކަށް ބޭނުންވާ އެމްބިއުލާންސް އެ މަރުކަޒުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށީ ސިއްހީ މަރުކަޒުތަކުގައި ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައިވާކަމުގެ ޝަކުވާ ގިނަ ރަށްރަށުން ހެލްތު މިނިސްޓްރީއާ ކުރަމުން އަންނާތީވެ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިދިޔަ އަހަރުގެ ޖޫންމަހު ވަނީއެވެ.

މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް ހެލްތު މިނިސްޓްރީން ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ. އަދި އެހުރިހާ އެމްބިއުލާންސްތައް ރާއްޖެ ގެނެސް އެތަކެތި ހެލްތް މިނިސްޓްރީއަށް ހަވާލުކުރިކަމުގެ ލިޔުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ހަވާލު ކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މިގޮތުން މި އެމްބިއުލާންސްތައް މިފަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ ޖުމުލަ 19 ރަށަކަށެވެ.

އޭގެ ތެރޭގައި ބ.ހިތާދުއާއި ކަމަދޫގެ އިތުރުން ހިމެނެނީ ހއ.އަތޮޅުގެ 2 ރަށާކާއި ހދ.އަތޮޅުގެ ރަށަކާއި ށ.އަތޮޅުގެ ރަށެކެވެ. އަދި ނ.އަތޮޅުގެ 3 ރަށަކާއި ،ކއަތޮޅުގެ 2 ރަށަކަށާއި އދ.އަތޮޅުގެ ރަށެއްގެ އިތުރުން ދ.އަތޮޅުގެ 2 ރަށަކަށާއި ތ.އަތޮޅުގެ ރަށަކަށާއި ލ.އަތޮޅޫގެ ރަށަކަށާއި ގއ.ގެ ރަށާކާއި ގދ.އަތޮޅުގެ 2 ރަށަކަށްވެސް މިފަހަރު އެމްބިއުލާންސް ފޮނުވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top