ދިރާގު އިންޓަނެޓް ޚިދުމަތަށް ބުރޫ އަރައިފި

999645_439863546117633_1522408744_n.jpg

ދިރާގު ،އޭދަފުށި --ފޮޓޯ :އަބޫ ޔައުލާ

ދިވެހި ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި، ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް މެދުކެނޑިއްޖެއެެވެ.

ދިރާގުން ބުނީ ކުއްލިއަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބަުން ފިކްސްޑް ބްރޯޑްބޭންޑް ބޭނުން ކުރުމުގައި ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މަޢާފަށް އެދޭކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބްރޯޑްބޭންޑްގެ ހިދުމަތް ދެމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ބްރޯޑްބޭންޑް ނެޓްވޯކެވެ. ދިރާގުން މިހާތަނަށް ރާއްޖޭގެ 75 ޕަސެންޓް ގޭބިސީތަކަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދެ އެވެ.

ދިރާގުގެ ފިކްސް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތަށް ބުރޫ އެރި ނަމަވެސް، ދިރާގު މޯބައިލް އިންޓަނެޓަށް މައްސަލަ ދިމާވެފައެއް ނުވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top