އަޑުފޮށި: އަންހެނުން ކޮމެޓީގެ މަސައްކަތްތައް ކިހިނެއް؟

Women-comitee.jpg

އޭދަފުށީ އަންހެނުންގެ ކޮމެޓީގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / އީވީ ފައިލް ފޮޓޯ

ނޯޓް :”އަޑުފޮށި މި ސެގްމަންޓަކީ ބ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޖަވާބު ލިބުން ބޭނުންވާ ސުވާލުތަކެއް ހުށަހަޅާލުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ ކަމަކަާ ބެހޭ ގޮތުން ކަމަށް ވިޔަސް އެއީ ރައްޔިތުންނާ ގުޅުން ހުރި ކަމެއްކަމުގައިވާނަމަ އެކަމުގެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒުކުރެވިފައިވަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި އިފްތިތާހް ކުރެވުނު އޭދަފުށީ އަންހެނުންގެ ތެރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށެވެ. އަށްއަހަރުގެ މެދުކެނޑުމަކަށްފަހު އިފްތިތާހް ކުރެވުނު އާކޮމެޓީއަށް ހަމެމްބަރަކު ވަނީ އައްޔަނުކޮށްފައެވެ. އަންހެނުންގެ ކޮމެޓީތައް ރާއްޖޭގައި އުފެދުނީއްސުރެ ދެހާހުގެ އަހަރުތަކުގެ މެދުތެރެއާ ހަމައަށް އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކީ ވަރަށް ހަރަކާތްތެރި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން ބޮޑު ބައެކެވެ.

ސުވާލު: އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ މިދިޔަ ސެޕްޓެމްބަރމަހުގެ 18 ވަނަ ދުވަހު ވަނީ އިފްތިތާހް ކޮށްފައެވެ. އަލަށް އުފެދުނު ކޮމެޓީގައި މިވަގުތު ކުރެވޭ މަސައްކަތްތަކަކީ ކޮބާތޯ؟ އަދި އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް ކުރިޔަށް އޮތްތަނުގައި ފެންނާނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ؟

ޖަވާބު: (ޖަވާބުދެއްވީ ކޮމެޓީގެ ރައީސް ޒަހިއްޔާ އަހްމަދު) އަސްލު ކޮމެޓީގެ މަސައްކަތްތައް އަދި ކުރިއަކަށް ނުދެއޭ ދެންނެވޭނީ. ސަބަބަކީ ކޮމެޓީގައި ތިބެންޖެހޭ މެމްބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން ކުރިޔަށް ގެންދަންޖެހޭ މަސައްކަތްތަކަށް ހުރަސް އެޅިފައި ހުރުން. މިސާލަކަށް ބޭންކްގައި އެކައުންޓެއް ހުޅުވުން ކަހަލަ މުހިއްމު އިދާރީ ކަންކަން ފަށައިގަނެވެން އަންނަނީ މެމްބަރުން ހަމަވެގެން. އަދިވެސް އެހެނިހެން ކަންކަން އެބަހުރި. ހަގީގަތުގައި މެމްބަރުން ހަމަނުވެގެން ހަމަ މަސައްކަތް ނުކުރެވިފަ މިތިބީ. މެންބަރުން ހަމަކޮށްދިނުމަކީ ރަށު ކައުންސިލްގެ ކަމެއް. ކައުންސިލުން އިއުލާނު ކޮށްގެން އެކަން ކުރާނީ. ކައުނސިލުގައި އަޅުގަނޑު ދަންނަވަމުން މިގެންދަނީ އެކަން އަވަސްކޮށްދިނުމަށް.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top