މިދިޔަ މަހު އިންފްލޭޝަން ރޭޓު މައްޗަށް

DSCN8040.jpg

މިދިޔަ އޮކްޓޯބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު ނުވަތަ ކާބޯތަކެއްޗާ ޚިދުމަތުގެ އަގުތައް 0.28 އިންސައްތަ މަތިވެފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، (އެން.ބީ.އެސް) އިން ހާމަ ކޮށްފިއެވެ.

އެން.ބީ.އެސް އިން ނެރެފައިވާ މިދިޔަ އޮކްޓޯބަރުމަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ރިޕޯޓުގައިވާގޮތުން ފާއިތުވި އޮކްޓޯބަރުމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.28 އިންސައްތަމަތިވެފައިވާއިރު މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 0.05 އިންސައްތައިގެ މަތިވުމެކެވެ.

މަހުގެ އަގުތަކަށް އައި ބަދަލު ނުލާ އޮކްޓޯބަރު މަހުގެ އިންފްލޭޝަން ރޭޓު ހުރީ 0.43 އިންސައްތައިގައެވެ

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް އިންފްލޭޝަން ރޭޓު ވަނީ 0.75 އިންސައްތަ އިތުރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top