ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް އެންމެ ފަހުން ތަރާރަފްވި މަންޓާ އެއާގެ ފަރާތުން ސެލްފް ޗެކިންގގެ ޚިދުމަތް ތައާރަފްކުރުމަށް ތައްޔާރުވެއްޖެއެވެ.
ބ.ދަރަވަންދުއަށްވެސް ދަތުރުތައް ކުރަމުން އަނނަ މަންތާ އެއަރއިން ކޫއްޑޫއަށް ދަތުރުތައް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އެއާލައިންގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުންނަށް ސެލްފް ޗެކިންގްގެ ހިދުމަތް ދޭން އެ އެއަރ ލައިނުން މިހާރު ތައްޔާރުވެފައިވާކަަމަށެވެ.
ސެލްފް ޗެކިންގެ ޚިދުމަތް ފެއްޓުމުން މަންތާ އެއަރލައިން ވެގެންދާނީ، ރާއްޖޭގައި މިފަދަ ނިޒާމެއް ގާއިމްކުރާ ފުރަތަމަ އެއާލައިނަށްކަމަށް ޚަލީލް ވިދާޅުވިއެވެ.
މާލެއާއި ކޫއްޑޫއާއި ދެމެދު ޝެޑިއުލް ދަތުރުތައް ޑިސެމްބަރ މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މި ދަތުރުގެ ޓިކެޓްތައް މަންޓާ އެއާގެ ވެބްސައިޓުންނާއި ޕެސެންޖަރ ސާރވިސް އޭޖެންޓުން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
މަންތާގެ ދަތުރުތައް ފެށިތާ އަހަރެއްވާން ކައިރިވެފައިވާއިރު، އެ އެއަރލައިނުން ބ.ދަރަަވަންދޫއާއި ދ.ކުޑަހުވަދޫއަށް ދަތުރުކުރެއެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެއާއި ކޫއްޑޫ ސެކްތަރުގެ ދަތުރުތައްވެސް ކުރިއަށް ދާނެއެވެ.
ދާދިފަހުން އެ އެއާލައިނުން ވަނީ ސީޕްލޭންގެ ދަތުރުތައްވެސް ފަށާފައެވެ.