ލޯންޗެއް އަޑިޔަށްގޮސް މަންމަ މަރުވެ ދަރިފުޅު ގެއްލިއްޖެ

big_rK8uZAv77rej9Pqe0Bf1uTRU3.jpg

މާލެ އިން ފުރައިގެން ވ.އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗު

މިއަދު ހަވީރު މާލެއިން ފުރައިގެން ވ އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ނެގި ރާޅެއްގައި ޖެހި ތިން މީހަކު ކަނޑަށް ވެއްޓި އޭގެ ތެރެއިން އަންހެނަކު މަރުވެ އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު ގެއްލިއްޖެ އެވެ. އެ ލޯންޗުގައި ތިބީ 12 މީހުނެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗުން ކަނޑަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާ ކަމަށާ ހަތަރު އަހަރުގެ ދަރިފުޅުގެ ހަބަރެއް އަދި ނުވާ ކަމަށެވެ.

ލޯންޗު މިހާރު އޮތީ ގުރައިދޫ ފަޅަށް ވައްދާފަ އެވެ.

އަންހެން މީހާ ކ. ގުރައިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން ބުނެފައިވާ ކަމަށްް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

މަރުވި ، ނާހިދާ

 

އެމްއެންޑީއެފުން ބުނީ ގެއްލިފައިވާ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުންނާއި އެ ކުއްޖާގެ އާއިލާ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވާ ސަރަހައްދުން ދަތުރުކުރާ މީހުންނާއި އެ ހިސާބުގެ ރަށްތަކުން ވެސް ކުއްޖާގެ ހަބަރެއް ވޭތޯ ބެލުމަށާއި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އަވަހަށް އެންގުމަށްވެސް އެދެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލުނު ކުއްޖާ ލައިގެން އިނީ ކަޅު ކުލައިގެ ޓީޝާޓެކެވެ.

މޫސުން ގޯސްވެ ވިއްސާރަ ވުމާއެކު މެޓް އޮފީހުން މިއަދު ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު ވަނީ ތިން ފަހަރަށް އިތުރު ކޮށް މިރޭގެ 12:30 އާ ހަމައަށް ދަންމާލާފައެވެ. 

ވިލާގަނޑަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރުނު އިރު ރާއްޖޭގެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ އިއުލާނު ކޮށްފައެވެ

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top