ގައުމީ އުފެއްދުންތެރިކަން ދަށްވެ އިގްތިސާދު މަޑުޖެހިއްޖެ: އެމްއެމްއޭ

1D4A0203-MMA-Building-696x464-1.jpg

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށަށް ގޮސް، އިގްތިސާދީ ދުވެލި މަޑުޖެހިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކްއާޓަގައި ރާއްޖޭގެ ޖީޑީޕީ ހުރީ 4.7 އިންސައްތައިގައެވެ. ނަމަވެސް މި އަހަރު ޖީޑީޕީ ވަނީ 3.1 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިކަމުގެ މައިގަނޑު ސަބަބަކީ އިމާރާތްކުރުމުގައި ބޭނުންކުރުމަށް އެތެރެކުރާ ތަކެތީގެ މިންވަރު ދަށަށް ގޮސް، މުޅި އެ ސިނާއަތް ދަށަށް ގޮސްފައިވުމުގެ އިތުރުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވެސް ދަށަށް ދިއުން ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ޖީޑީޕީގެ ކުރިއެރުމުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ޓޫރިޒަމް ސިނާއަތެވެ. އެގޮތުން، ޓޫރިޒަމް ސިނާއަތުން ޖީޑީޕީގެ ކުރިއެރުމަށް 2.4 އިންސައްތަ ހިއްސާކޮށްފައި ވާއިރު، ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކުގެ ދާއިރާ އިން 0.7 އިންސައްތަ ، މަސްވެރިކަމުން 0.6 އިންސައްތަ އަދި މާލީ ހިދުމަތްތަކުގެ ދާއިރާ އިން 0.4 އިންސައްތަ ހިއްސާ ކޮށްފައިވެ އެވެ.

އެމްއެމްއޭގެ ރިޕޯޓްގައި ވަނީ މިއަހަރު މަސްވެރިކަން ވަރަށް ބޮޑަށް ކުރިއެރި ނަމަވެސް އެންމެ މުހިއްމު އެއް ދާއިރާ ކަމަށްވާ ކޮންސްޓްރަކްޝަން ދާއިރާގެ ކުރިއެރުން ވަނީ 2013 ވަނަ އަހަރު ތިން ވަނަ ކުއާޓާއަށް ފަހު ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައެވެ.

“އަހަރުތަކެއް ވަންދެން ކުރިއަރަމުން އައި ދާއިރާތަކުގެ ކުރިއެރުން ވަނީ މިއަހަރުގެ ފުރަތަމަ ކްއާޓާގައި ދަށަށް ގޮސްފައެވެ.” ރިޕޯޓްގައި ހާމަކޮށްފައި ވެއެވެ.

ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނިއިރު، ދުނިޔޭގެ މާލީ އިދާރާ ތަކުން ވެސް ވަނީ މި އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑުޖެހޭނެ ކަމަށް ލަފާ ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top