ޒަރުރީ ބޭނުންތަކަށް ނޫނީ ޚަރަދުތައް ނުކުރަން އަންގަވައިފި

original_1708413688344-1.jpeg

ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ޒަރޫރީ ބޭނުން ތައް ނޫން ޚާރަދުތައް ނުކުރަން މިނިސްޓްރީ ތަކާއި ކުންފުނި ތަކަށް އަންގަވާފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ގދ.ފަރެސްމާތޮޑާ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރަށް ދަތުރުތައް ކުރުންކަހަލަ ކަންތައްތައް ހުއްޓާލަން އަންގާފައިވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

”މި ރަށްރަށަށް ކުރާ ދަތުރުތައް ވެސް މިއަށްވުރެ ކުރިއަށް އޮތް ތަނުގައި އަދި މިހާރަށްވުރެ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމުވެސް ކުޑަކޮށް އަޅުގަނޑުމެން ބަލާނީ ވީހާވެސް ޚަރަދު ކުޑަކޮށް ކުރަން.“ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ޒަރޫރީ ހަރަދުތައް ނޫނީ ނުކުރަން އެންގެވިކަން ރައީސް ހާމަކުރައްވާފައި މިވަނީ ސަރުކާރުގެ އިގްތިސާދީ ހާލަތު ދަށްވެ ބަންގުރޫޓް ވެދާނެތީ މާލީ އިދާރާތަކުގެ ބައެއް ޕްލޭން ތަކަށް ވަނުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ނަމަވެސް ރައީސް މިއަދުވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެން އިރު ދައުލަތުން ދިވެހި ކުންފުނިތަކާއި އާއްމު ފަރުދުންނަށް ދައްކަންޖެހޭ ނުވަ ބިލިއަން ރުފިޔާގެ ދަރަނި އެބައޮތްކަމަށެވެ. މި ފައިސާއަކީ ކޮންމެވެސް ކުންފުންޏަކަށް ނުވަތަ ކޮންމެވެސް ވުޒާރާއަކުން ކުރުވާފައި ހުރި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާކަަމަށް ރައީސް ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމާއި ކުންފުނިތައް ހަރުދަނާ ކުރުމާއި ކުންފުނިތަކުން ރައްޔިތުންނަށް ދައްކަންހުރި ފައިސާ ދައްކަމުން ދިއުމާއި ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޑޮލަރު ޖަމާކުރުމުގެ މަސައްކަތް ކުރުމާ މިހެންހުރި ހުރިހާ ކަމަކާއެކު އިގުތިސާދީ ހުރިހާ ކަމެއް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތަށް މަސައްކަތް ކުރުމުން މާލަސްތަކެއްނުވެ ފެނިގެންދާނީ އިގުތިސާދީ ކަންކަން ރަނގަޅުވެގެންދާ ތަން ކަމަށް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top