ޕެނަޑޯލް ބޭނުން ކުރުމުގެ ހުއްދަ އަލުން ދީފި

khkk.jpg

ދިވެހިން އެންމެ އާއްމުކޮށް ބޭހުގެ ގޮތުގައި ބޭނުން ކޮށް އުޅޭ ޕެނަޑޯލް އަށް ދިމާވި މައްސަލަ އާއި ގުޅޭގޮތުން ހަދަންޖެހޭ ތަހުލީލުތައް ހެދުމަށްފަހު އަލުން އެ ބޭސް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ދީފި އެވެ.

އެ އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ބޭސް ގުޅަތައް ޓެސްޓުކޮށް ބެލުމުން ބޭހުގައި ހުންނަން ޖެހޭ ވަރަށް (ކޮންޓިޓޭވިޓް ޓެސްޓުން) ބޭހުގެ ބާރުހުރިކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ކުރިން މައްސަލަ ދިމާވި މި ބޭހުގެ ބެޗު މިހާރު ރާއްޖޭގައި ނެތްކަން ވެސް އެ އޮތޯރިޓީން ބުނެއެވެ.

އެމްއެފްޑީއޭއިން މީގެކުރިން ބުނީ ޕެނަޑޯލުން ފާހަގަވި މައްސަލައަކީ ބޭހުގެ ޕެނަޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވުން ކަމަށެވެ.

އަދި މިހެން ދިމާވަނީ ބޭސް އުފުލައިގެން ގެންގުޅުމާއި ގުދަންކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރެވުމުން ކަމަށް އެ އޮތޯރިޓީއިން ފާހަގަ ކުރިއެވެ.

އެމްއެފްޑީއޭއިން ވަނީ ބޭސް އުފުލައި ގެންގުޅުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް އެ އޮތޯރިޓީން ޕަބްލިޝްކޮށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top