އަންހެނުން ކޮމެޓީ ތަކަށް ރޯދަ އެލަވަންސް ދޭން ގާނޫނު އިސްލާހު ކުރަނީ

original_1708413688344.jpeg

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދެމުންދާ ރޯދަ އެލަވަންސް ފަދަ އެލަވަންސްތައް ހޯދައިދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ރައީސް މުއިއްޒު ރޭ ބައްދަލުކުރައްވައި ވިދާޅުވީ ޑަބްލިޔުޑީސީ ތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ގާނޫނު އޮތްގޮތުން ހުރަސްތަކެއް ހުރި ކަމަށެވެ.

އެކަން ފާހަގަކުރައްވައި ވިދާާޅުވީ ފުވައްމުލައް ސިޓީގެ ސިއްހީ ޚިދުމަތްތައް މިހާރު ހުރީ ހުންނަންވީ ފެންވަރުގައި ނޫން ކަމަށެވެ. އެސިޓީގައި މި ސަރުކާރުން ފުރިހަމަ ޓާޝަރީ ހޮސްޕިޓަލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭނެ ތިން ސަރަހައްދެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ބަނދަރު ބޮޑުކޮށް އަލުން ތަރައްގީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ގިނަ ބޭނުންތަކަށް ފުދޭ ބަނދަރެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top