ގޮއިދޫގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރަނީ

ސޯލާ ޕީވީ ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ޝީ ބިލްޑިންގ ގައި އޮތް ރަސްމިއްޔާތު

ސޯލާ ޕީވީ ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ޝީ ބިލްޑިންގ ގައި އޮތް ރަސްމިއްޔާތު

ބ. ގޮއިދޫގައި ސޯލާޕީވީ ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ ސީސީއީ އޮއެސިސް ކުންފުންޏާއެކު މިއަދު ސޮއިކޮށްފިއެވެ. ބ. ގޮއިދޫއާއެކު އިތުރު ހަތަރު ރަށެއްގައި މި ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ޝީބިލްޑިންގގައި އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަން މިނިސްޓަރ ތޯރިގް އިބްރާހީމެވެ. ޗައިނާގެ ސީސީއީ އޮއެސިސް ޓެކްނޮލޮޖީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ބޯޑުގެ ޗެއަރމަން މިސްޓަރ ޑައި ކުންފެން އެވެ.

މިއަދު މިވެވުނު އެއްބަސްވުމުގެ ދަށުން ގޮއިދޫއާއެކު ޅ. ކުރެންދޫއާއި ތ. ބުރުނީއާއި ގއ. ވިލިނގިލީ ގެ އިތުރުން އައްޑޫސިޓީގައި 2.5 މެގަވޯޓްގެ ސޯލަރޕީވީ ސިސްޓަމް ގާއިމްކުރާނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ތޯރިގު ވިދާޅުވިގޮތުގައި ރާއްޖެއަކީ ތެލުގެ ރިޒާވެއް އަދި ހޯދިފައި ނެތް ގައުމެއް ކަމުން ތެލަށް ބަރޯސާވާ މިންވަރު މަދުކުރުމުގެ ގޮތުން ހަކަތައިގެ ރައްކާތެރިކަން ހޯދަން ޖެހިފައިވާ ކަމަށެވެ. އެކަމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުން ކަމުގައާއި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު އެންމެ މަދު އެއް ގައުމު ކަމުގައި ވިޔަސް އެއަދަދު މިހާރަށްވުރެވެސް މަދުކުރުމަކީ ސަރުކާރުގެ އަމާޒުކަމުގައި ތޯރިގު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top