އެމްޕީ. ސަލީމް ހޮސްޕިޓަލުން ދޫކޮށްލައިފި

DSCN0821-800x492-800x492.jpg

އެމްޕީ ސަލީމް އޭދަފުށީގައި -އީވީ ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު ދޫކޮށްލައިފިއެވެ.

ސަލީމް އެޑްމިޓްކޮށްފައިވަނީ ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އޭނާގެ ހާލު އެހާ ސީރިއަސްއެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކުރިން ވިދާޅުވެފައެވެ.

މިކަމާގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލީމް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި މިއަދުގެ ޖަލްސާއަށް ސަލީމަށް ހާޒިރުވެ ވަޑައިނުގަނެވިދާނެތީ ދެއްވަން ޖެހޭ އިރުޝާދު މިހާރު ވަނީ ދެއްވާފައި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top