ރިސޯޓުތަކުން މުވައްޒަފުން ފޭބުން މަނާ އެންގުމަށް ބަދަލު ގެނެސްފި.

view@2x.jpg

އަމިއްލަފުށި ރިސޯޓް --ފޮޓޯ :ބްރޭންޑް ފޯލްޑަރ.ކޮމް

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ފަރާތުން ރިސޯޓުތަކަށް މީހުން އަރާ ފޭބުމާއި ބެހޭގޮތުން ކުރިން ނެރުނު އެންގުމަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެޗްޕީއޭއިން ރޭ އާއްމުކޮށްފައިވާ އެންގުމެއްގައި ބުނެފައިވަނީ ރިސޯޓުތަކާއި ސަފާރީތަކުގަިއ މަސައްކަތް ކުރާ މުވައްޒަފުންނަށް ރަށްރަށުން އެތަންތަނަށް ދެވިދާނެ ކަމަށެވެ. އަދި އެއާޕޯޓަށް ގެސްޓުން ގޮވައިގެންދާ މުވައްޒަފުން އެނބުރި ރިސޯޓަށް ވަގުތުން ދާންޖެހޭނެ ކަމަށާއި އެ މައުލޫމާތު އެޗްޕީއޭއާއި ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ.

ކުރިން އޮންނަ ގޮތުން ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން ރަށަކަށް ދާން ބޭނުން ނަމަ، ދެވޭނީ އެރިސޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހުން ރިސޯޓުން ފައިބާ ފަތުރުވެރިޔާ އެ ރިސޯޓުން ފުރާތާ 14 ދުވަސްވުމުންނެވެ.

މި އެންގުމުގައި އިތުރަށް ބުނެފައިވަނީ ރިސޯޓުތަކުގައި ތިބި މުވައްޒަފުންނާއި އެނޫން ބޭނުންތަކުގައި ގޮސް ތިބި މީހުން ޓޫރިސްޓުން ހުސް ނުވަނީސް ފައިބަން ބޭނުން ނަމަ އެކަހެރިކޮށް ކޮޓަރިއެއްގައި އުޅޭތާ14 ދުވަސްވީކަން އެޗްޕީއޭއަށް އަންގައިދޭން ޖެހޭކަމަށާ އަދި އެފަރާތެއް ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ނަތީޖާ ލިބުމުން ނޫނީ ރިސޯޓުން ނުފޭބޭނެ ކަމަށެވެ.

“ރިސޯޓުން ނުވަތަ ސަފާރީއަކުން އެންމެ ފަހު ޓޫރިސްޓު ދިއުމުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން މުވައްޒަފުންނަށް އެތަނަކުން ފޭބޭނީ އެ އެންގުމުގައި ވާގޮތުން ބައްޔަށް ޕޮސިޓިވް ނުވަތަ އަލާމާތެއް ފެންނަ އެއްވެސް މީހަކު ނެތް ނަމަ އެވެ.” އެންގުމުގައި ބުނެފައި ވެއެވެ.

މި ދެގޮތަށްވެސް ރިސޯޓުން ފޭބޭނީ އެޗްޕީއޭއިން ބޭނުންވާ މައުލޫމާތު ހުށަހެޅުމުން އެކަން ބަލައި އެ އޮތޯރިޓީގެ ހުއްދަ ލިބުމުންނެވެ.

ކޮވިޑް-19 ހުރި 18 މީހަކު ރާއްޖެއިން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top