ދިރާގު ފިކްސް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް

For-Media-1-755x435.jpg

ދިރާގު ފިކްސް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް، މުޅިން އައު ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ތެރެއިން އެންމެ މަގުބޫލު ޕެކޭޖްތަކުގެ އެލެވަންސް މިހާރު އިތުރު ކޮށްފައިވާ ކަމަށާ އެ ބަދަލާއެކު ކަސްޓަމަރުންގެ މަހުފީ އިތުރު ނުވެ އެ ޕެކޭޖަކަށް ލިބެންވާ އެލަވެންސްވެސް އިތުރުކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ. އެއާއެކު، މިހާރުގެ 900 ރުފިޔާ އަށް ލިބޭ 100 ޖީބީގެ ބޫސްޓަރ މިހާރު ލިބިގެން ދާނީ އެންމެ 790 ރުފިޔާ އަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި އެންމެ ހެޔޮ އަގެގައި އެންމެ ގިނަ ޑޭޓާ އެލަވަނަސް ފޯރުކޮށްދޭ ނެޓްވޯކަކީ ދިރާގެވެ.

މީގެ އިތުރުން، އަލަށް ތައާރަފު ކުރި ޕެކޭޖަކީ 30 ޖީބީގެ އެލަވަންސް އަކާއި އެއްކޮށް 350 ރުފިޔާއަށް ފައިބަރ 5 އެމްބީޕިއެސްގެ ޕެކޭޖެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކެއް ގާއިމު ކޮށްފައިވަނީ ދިރާގުންނެވެ. ދިރާގުން ދަނީ މުޅި ރާއްޖެއަށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމުތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 41 ރަށަކަށް ފައިބަރގެ ހިދުމަތް ފޯރުކޮށްދީފައިއެވެ.

ދިރާގު އޭޑީއެސްއެލް ގެ ހިދުމަތް މިހާރުވަނީ ރާއްޖޭގެ އާބާދީގެ ބޮޑެތި ހުރިހާ ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top