ފިނޮޅު ރިސޯޓުގައި ޑިންގީއެއްގެ ބުރަފަތިންޖެހި ފަތުރުވެރިއަކު މަރުވެއްޖެ

finolhu-villas-solar-powered-resort-club-med-889x607.jpg

ބ.އަތޮޅުގައި ހިންގާ ފިނޮޅު ރިސޯޓްގައި ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާގެ ދެ ފަތުރުވެރިއެއްގެ ގައިގައި އެ ރިސޯޓުގެ ޑިންގީއެއްގެ ބުރަފަތިން ޖެހި، އޭގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

މީޑިއާ އަށް މައުލޫމާތު ދެމުން ބ. އަތޮޅު ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖަރ މުހަންމަދު ރަޝީދު ވިދާޅުވީ މިއަދު 11:15 ހާއިރު ލޯންޗެއްގެ ބުރަފަތިން ޖެހިގެން ދެ ފަތުރުވެރިއަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އަދި އެ ދެ މީހުން ގެނައި އިރު ވެސް އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަރުވި ފަތުރުވެރިއަކީ ޗައިނާއަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއާ އެކު ފީނަން އުޅުނީ އޭނާގެ އަނބިމީހާއެވެ. 24 އަހަރުގެ އެ އަންހެން މީހާގެ މޫނުމަތީގެ ބައެއް ތަންތަނަށް ސީރިއަސް އަނިޔާ ތަކެއް ވަނީ ލިބިފައެވެ.

ފިނޮޅު ރިސޯޓްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެންމީހާ މާލެ ގެންދިއުމަށް އެއަރޓެކްސީ މިހާރުއޮތީ އޭދަފުށިގައި

އެ އަންހެން މީހާ އިތުރު ފަރުވާ އަށް ވައިގެ މަގުން މިހާރު މާލެއަށް ގޮސްފައިވާ އިރު މަރުވި މީހާ ބަލާ އެއަރޓެކްސީގެ ސީޕްލޭނެއް އޭދަފުއްޓަށް ވަނީ އައިސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top