މެޑަމް ފާތުން ބ.އަތޮޅަށް ވަޑައިގެންފި

big_sut4Mqe27ImS4Il5udzCg7oRo.jpg

މެޑަމް ފާތުން ބ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫ އެއަރޕޯޓްގައި -ފޮޓޯ : ޕީއެސް އެމް

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަބަލުން، މެޑަމް ފާތުމަތު އިބްރާހީމް ބ.އަތޮޅަށް ވަޑައިގެންފިއެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމުގެ ގޮތުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ބައްދަލު ކޮށް އެމީހުންނަށް ބޭނުންވެފައިވާ ކަންކަން އޮޅުން ފިލުއްވުމުގެ ގޮތުން ކުރައްވާ  ދަތުރުފުޅެއް ކަމަށް މައުލުމާތު ލިބިފައިވެއެވެ.

ބ.އަތޮޅުން މިއަދު އެކަމަނާ ފުރަތަމަ ވަޑައިގެންފައިވަނީ ބ. ދަރަވަންދޫއަށެވެ. ދަރަވަންދޫ އެއަރޕޯޓަށް ފައިބާ ވަޑައިގަތުމާއެކު އެކަމަނާ އަށް ވަނީ އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއަރޕޯޓް ސަރަހައްދުން  ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.

ބ. ދަރަވަންދޫގައި އެކަމަނާ ހޭދަކުރެއްވި ވަގުތު ތަކުގައި އެރަށުގެ އިސް ރަށްވެހިންނާއި ޚާއްސއެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޒުވާނުންނާއި ބައްދަލު ކުރައްވައި އެކަމަނާ ވަނީ އެމީހުންގެ ކަންބޮޑުވުންތައް އައްސަވައި އެކި ކަންކަމާބެހޭ މަޝްވަރާ ކުރައްވާފައެވެ.

ދަރަވަންދޫއަށް ފަހު އެކަމަނާ ވަނީ ދޮންފަނަށްވެސް ވަޑައިގެންފައެވެ. އަދި މިހާރު ވަޑައިގެން އުޅުއްވަނީ ކިހާދޫގައެވެ. މި ރަށް ރަށުގައިވެސް ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ،މީހުންގެ އިތުރުން ޒުވާނުންނާއި އިސްރައްވެހިންނާއި ބައްދަލު ކުރައްވައި އެބައިމީހުންގެ ހާލުވެސް ވަނީ ބައްލަވާފައެވެ.

މި ދަތުރުފުޅުގައި އެކަމަނާ އަރިހުގާ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދާއި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މެޑަމްގެ މި ދަތުރުފުޅުގައި ބ.އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16ވަނަ ދުވަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top