ފައިނަލުގައި ބައްދަލު ކުރާނީ ފިނޮޅާއި އަނަންތަރާ

DSCN3841.jpg

ސެމީ ފައިނަލް ގައި އަނަންތަރާ އާއި ސޮނެވާ ބައްދަލު ކުރި މެޗު -އީވީ ފޮޓޯ

އޭދަފުށީގައި މިހާރު ކުރިއަށް ދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗު، ފިނޮޅު ރިސޯޓް ކާމިޔާބު ކުރުމުން ފައިނަލުގައި އަނަންތަރާ އާ ވާދަ ކުރާ ޓީމަށް ފިނޮޅު ހޮވިއްޖެއެވެ. ސޮނެެވާ އާއި ބައްދަލު ކޮށް ފިނޮޅު މޮޅުވެފައިވަނީ 0-2 އިން ނެވެ.

އަނަންތަރާ ފައިނަލަށް ދަތުރު ކޮށްފައިވަނީ އިއްޔެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ދުސިތު އާ ވާދަކޮށް މޮޅުވެގެންނެވެ.

މިއަދުގެ މެޗުގައި ފިނޮޅުން ލަނޑުޖަހާފައިވަނީ އެޓީމްގެ މުހައްމަދު ނިޒާމު އެވެ. މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވާފައިވަނީވެސް އޭނާ އެވެ.

ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރުއެވެ. ބައްދަލު ކުރާނީ އަނަންތަރާ އާއި ފިނޮޅު ރިސޯޓެވެ. މެޗު ފަށާނީ މާދަމާ ހަވީރު 3:45 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top