ގައުމީ ދިދަ ބޭނުންކުރާނެ ގޮތުގު އުސޫލެއް ކަނޑައަޅައިފި

2dOycWxDZQXlulK5b6WZpwXJFz9WMEH47fZ9Lugk.jpg

ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ގައުމީ ދިދަ ބޭނުން ކުރުމުގައި އަމަލުކުރަންވީ ގޮތުގެ އާ އުސޫލެއް ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި މިއަދު ނެރުއްވި އުސޫލުގައި ބުނެފައިވާގޮތުން ސަރުކާރުގެ މުއައްސަސާތަކުން ގައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތަައި، ގައުމީ ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެން ނުވާނެ އެވެ.

ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމު ގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައް ވެސް ދެންނެވުމުގައި ކަނޑައަޅުއްވާފައިވެ އެެވެ.

މި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ގައުމީ ދިދަ ނަގާފައި ހުންނަންވާ މުއައްސަސާތައް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ގައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަ ގޮތަށް ދެ ދިދައެއް ނަގާނަމަ ނުވަތަ ބަހައްޓާނަމަ ގައުމީ ދިދަ ހުންނަންވާނީ އެ ދިދައެއްގެ ކަނާތްފަރާތުގައި ކަމަށްވެސް ދެންނެވުމުގައިވެ އެވެ.

“ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ. ބޭރު ގައުމުތަކުގެ އިއްޒަތްތެރީން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަންކަމުގައި ދިދަ ބޭނުންކުރުން މީގެ ތެރެއިން އިސްތިސްނާ ވާނެއެވެ.” އުސޫލުގައި ބުނެފައިވެ އެވެ.

ގައުމީ ދިދަ ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ހޯމް މިނިސްޓްރީން ވެސް އެކުލަވާލި އެވެ. އެ އުސޫލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުމަށް ފަހު، 2019 ވަނަ އަހަރު އެ އުސޫލު ހޯމް މިނިސްޓްރީން ބާތިލްކުރި އެވެ.

ބާތިލްކުރި އެ އުސޫލުގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމުގައި އަމަލުކުރާނެ ގޮތް ހިމަނާފައެއް ނުވެ އެވެ. އަދި އޭގެ ފަހުން މިހާތަނަށް ގައުމީ ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލެއް ވެސް ހަދާފައެއް ނުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top