ޓީޗާސް ކޮންފަރެންސް ކުޅުދުއްފުއްޓަށް

IMG-20220620-WA0011-750x375.jpg

އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް މިއަހަރު ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ.

މިކޮންފަރެންސް އޭދަފުށީގައި ބޭއްވުމުގެ ގޮތުން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، (އެން.އައި.އީ) ގެ ޓީމެއް އޭދަފުއްޓަށް ވަޑައިގެން މަޝްވަރާ ތަކެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

(އެން.އައި.އީ)ން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަކީ ޓީޗަރުންނަށް އަމާޒު ކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ.

މިފަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 9 އިން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ މިހާރުގެ ތަޢުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށް އޮތް ތަނުގައި ތައުލީމު ފޯރުކޮށްދިނުމަށް ކުރާނެ މަސައްކަތް ނުވަތަ ”ކަރަންޓް ޕަރސްޕެކްޓިވްސް އެންޑް ފިއުޗަރ ޑިރެކްޝަންސް“ އެވެ.

ޓީޗަރސް ކޮންފަރެންސަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން އެން.އައި.އީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބް ވިދާޅުވީ ކޮންމެ ދެ އަހަރުން އެއް އަހަރު މިކޮންފަރެންސް ބާއްވަމުން އަންނައިރު މިދިޔަ އަހަރު މި ކޮންފަރެންސް ނުބޭއްވުނީ ކޯވިޑްގެ ސަބަބުން ކަމަށެވެ.

އެންއައިއީ ގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް ޝުހުދާ ރިޒްވާން ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިހާރުގެ ތައުލީމީ ދާއިރާ އޮތްގޮތާއި ކުރިއަށްއޮތް ތަނުގައި ތައުލީމް ފޯރުކޮށްދިނުމަށް ކުރާނެ މަސައްކަތްތަކަށް ކަމަށެވެ.

6 ވަނަ އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސްގައި ތައުލީމީ ދާއިރާގެ ތަޖުރިބާ ކާރުންނާއި ބޭރުގެ ތަޖުރިބާކާރުން ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވާނެ ކަމަށާ އޭގެ އިތުރުން 250 އަށްވުރެ ގިނަ ނޫން އަދަދަކަށް މީހުން ބައިވެރިކުރާ ގޮތަށް ވަނީ ހަމަޖެހިފައިވަކަމަށް އެމްއައިއީ އިން މައުލޫމާތު ދެއްވަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top