ޕްރިންސިޕަލުންނަށް ބާރުތައް ދޫކޮށްލަނީ

380951_3_507e97524daed69675cd1ec11a62f767a691cbe3_medium.webp

ސްކޫލް ތަކާބެހޭ ހުރިހާ ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމުގެ ބަދަލުގައި ޕްރިންސިޕަލުންނަށް ބާރުތައް ދޫކޮށްލައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ “މިހާރު” އަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، އޭނާގެ ވިސްނުމަކީ ސްކޫލު ހިންގުމުގެ އެންމެ ރަނގަޅު ނިޒާމަށް ބަހާއި އަމަލުން ވެސް ދިއުން ކަމަށެވެ. އޭގެ ތެރެއިން، ކަންކަމުގެ ބާރުތައް ޕްރިންސިޕަލުންގެ އަތަށް ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުގެ ހޯލުތައް ދިނުމާއި އެ ނޫން ކަންކަމަށް ފުރިހަމަ އުސޫލުތައް އޮންނަ ކަމަށެވެ. ނަމަވެސް، ކަންތައް ކުރާނެ ގޮތް ހަމަޖައްސާފައި ހުއްޓަސް އެ ބަޔަކަށް ހޯލު ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ސްކޫލުތަކުން މިނިސްޓްރީ އަށް ސިޓީ ފޮނުވާ ކަމަށެވެ. އޭނާގެ ވިސްނުމަކީ ސްކޫލު ހިންގުމުގެ އެންމެ ރަނގަޅު ނިޒާމަށް ބަހާއި އަމަލުން ވެސް ދިއުން ކަމަށާއި އޭގެ ތެރެއިން، ކަންކަމުގެ ބާރުތައް ޕްރިންސިޕަލުންގެ އަތަށް ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.

ބައެއް ޖަމިއްޔާތަކުން ދީނީ ދަރުސްތައް ދިނުމާއި ދީނީ ހަރަކާތްތަކަށް ސްކޫލު ހޯލު ހޯދަން އެދެ އެވެ. އޭގެ އިތުރުން ސިޔާސީ ބައެއް ޕާޓީތަކުގެ ބައްދަލުވުންތަކަށް ވެސް ހޯލު ހޯދަން ސްކޫލަށް ހުށަހަޅަ އެވެ.

އެކަމަކު، އެ ތަންތަން ކުއްޔަށް ދިނުމުގައި މިނިސްޓްރީގެ އިއުތިރާޒެއް ނެތްތޯ ބަލަން ހުށަހެޅުމުން، އެ ފަރާތްތަކަށް ހޯލު ދިނުން ހުއްޓުވާފައި ވެސް މީގެ ކުރިން އެބަހުއްޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top