ވައިބާ އާއެކު އެހެން އެޕްލިކޭޝަން ތަކެއްވެސް ކުއްލިއަކަށް ޑައުން ވެއްޖެ އެވެ.
ޑައުންވި އެޕްލިކޭޝަންތަކުގެ ތެރޭގައި ވައިބާގެ އިތުރުން ޕަބްޖީވެސް ހިމެނޭކަމަށް އެ ދެކުންފުނިންވެސް ބުނެއެވެ.
ވައިބާ ކުންފުނިން ބުނީ ވައިބާ އާއެކު އައިއޯއެސް ނުވަތަ އައި ފޯނުގައި ބޭނުން ކުރާ އެތަކެއް އެޕްލިކޭޝަން ވަނީ ދިމާވި ފަންނީ މައްސަލައެއްގެ ސަބަބުން ޑައުން ވެފައި ކަމަށެވެ.
Thousands of apps in the world including @Viber are down on iOS / iPhone, due to a technical problem that will be fixed anytime soon.
‼️Do not uninstall and reinstall Viber it won’t fix the problem.‼️
Viber will be back anytime soon.
Thanks for your patience.
— Viber (@Viber) July 10, 2020
މި ކަމަށްޓަކާ މާފަށް އެދޭ ކަމަށާއި މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅު ތަކެއް އަޅަމުން އަންނަ ކަމަށާ ކަސްޓަމަރުން ދެއްވާ އެއްބާރު ލެއްވުމަށް ޝަކުރު އަދާކުރާ ކަމަށް ވައިބާއިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.