ފެނަކަ މުވައްޒަފުންގެ ކުށުގެ ރެކޯޑު ބަލަނީ

337972_3_b39dd7f603fe41d1ab122c1e78a01431101e8291_large.jpg

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން އެ ކުންފުނީގެ މެނޭޖުމަންޓުން އަންގައިފި އެވެ.

ކުށުގެ ރެކޯޑު ސާފުކުރަން މުވައްޒަފުންނަށް އެންގީ، ކުރީގެ ސަރުކާރުތަކުގައި އެ ކުންފުންޏަށް މުވައްޒަފުން ނަގާއިރު ކުށުގެ ރެކޯޑު ސާފު ނުކުރާތީ ކަމަށާއި މިކަން މި ކުރަނީ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ފެނަކަ އިން މީހުންނަށް ވަޒީދާ ދޭއިރު، ކުށުގެ ރެކޯޑު ސާފު ނުކުރާތީ، މަރުގެ މައްސަލައެއްގައި ވެސް އެ ކުންފުންޏެއްގެ މުވައްޒަފަކު ބައިވެރިވެފައިވާ ކަން ހާމަވެފައިވާ ކަމަށެވެ. އެހެންވެ، އެފަދަ ކަންކަން ނުހިނގާނެ ގޮތަކަށް ކުންފުނީގެ ކަންކަން ހަމަޖެއްސުމަށް މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވި ގޮތުގައި، ކުށުގެ ރެކޯޑް ސާފުކުރުން މި ހަފުތާގައި ނިމޭނެ އެވެ.

އަދި ޖިނާއީ ކުށެއް ސާބިތުވާ މުވައްޒަފުންނާ މެދު ކުންފުނީގެ ލީގަލް ޑިޕާޓްމެންޓުން ގޮތެއް ނިންމާނެ ކަމަށެވެ.

ފެނަކައިގެ މުވައްޒަފުންގެ އަދަދު 8،000 އަށް އަރާ އިރު، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ 2،000 މުވައްޒަފުން ވެސް އުޅެ އެވެ.

ފެނަކަ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތުތައް އެންމެ ބޮޑަށް ކުރެވުނު އަދި ސިޔާސީ މަންފާ އަށް ވަޒީފާ ދެމުން ދިޔަކަމަށް ވާހަކަ ދެކެވުނު ކުންފުންޏެކެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top