ދައުލަތުގެ ހުރިހާ މުވައްޒަފުންނަށްވެސް މުސާރައިގެ ކުރިއެރުން ލިބޭނެ!

6l0xgbORq9uD7g7DI0V4k5wOoQfisesJPEqYAGw1.jpeg

މުސާރަތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ފަށާފައިވާ “ޕޭ ހާމަނައިޒޭޝަން”ގެ މަސައްކަތް ނިމޭ އިރު ހުރިހާ މުވައްޒަފުންނަށްވެސް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ޓީޗަރުންގެ މުސާރައާ އެކު ލެކްޗަރާއިންގެ މުސާރަ ބޮޑުނުކޮށްގެން އެ ލެކްޗަރާ އިން އިއްޔެ ކުރި ހިމޭންކަމުގެ އިހުތިޖާޖާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ރައީސް ސޯލިހްގެ ވިސްނުން ފުޅަކީ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ޕޭ ހާމަނައިޒް ކުރުން ކަމަށެވެ. އެ މަސައްކަތުގެ  ދަށުން ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން މުޅި ދައުލަތުގެ ޕޭ ހާމަނައިޒްކޮށް ދައުލަތުގެ ހުރިހާ ދާއިރާތަކެއްގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ބުންޏެވެ.

ފިނޭންސުން ބުނި ގޮތުގައި ކުރިން އެއް މަގާމެއްގައި އެއް މަސައްކަތެއް ކުރާ މުވައްޒަފުންނަށް ލިބޭ އަސާސީ މުސާރައިގެ ފަރަގު ނައްތާލައި، މި މަސައްކަތް އިތުރަށް ދިރާސާކުރެވިގެން އަދި ބަޖެޓުކުރެވިގެން ވަކި ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެން އެންމެ އަވަހަށް މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ ސިއްހީ ދާއިރާއިންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top